Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --

01 Nov 2023
ޚަބަރު

ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުއްވެރިކޮށްފި

ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް އިޒްރާއީލުން ދިން ވައިގެ ހަމަލާގައި އެއްފަހަރާ އެތައް ބަޔަކު ޝަހީދުކޮށްލުމާއި ގުޅިގެން ދިވެހި ސަރުކާރުން އެކަން ކުއްވެރިކޮށްފިއެވެ.

ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޣައްޒާގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިޒްރާއީލުން ދިން އަނިޔާވެރި ހަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. މި ހަމަލާގައި އެތަކެއް މައުސޫމު ރައްޔިތުން ޝަހީދުވެ ގިނަ ބަޔަކު ޒަޚަމްވީ ޚަބަރު އެހީ ފުން ހިތާމަޔާއެކުގައި ކަމަށްވެސް މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓުގައި ލިޔުއްވާފައިވެއެވެ.

އެމަނިކުފާނުގެ ޓްވީޓުގައި، އާއްމު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށާއި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވުމަށް ތަކުރާރުކޮށް ގޮވާލައްވައި، ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ހުރަހެއް ނެތި އެހީ ފޯރުކޮށްދެވޭނޭ މަގު ފަހިކޮށްދިނުމަށްވެސްވެސް ވަނީ ގޮވާލާފައެވެ.

އިޒްރޭލުން ޣައްޒާއަށް ވައިގެ މަގުން ހަމަލާދޭން ފެށިތާ މަހެއްވުމާއި ގާތްވެފައި ވާއިރު، މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްޠީނުގެ 8500 ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، އިމާރާތްތަކުގެ ދަށުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ ހަށިތަކާއި އެކު ޝަހީދުވި މީހުންގެ އަދަދު 10000 އަށްވުރެ މަތިވާނެ ކަމުގައި ފަލަސްޠީނުގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.