Advertisement

މީގެކުރިން ބޭއްވި އެޑިއުކޭޝަން އެކްސްޕޯއެއްގެ ތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ

01 Nov 2023
ޚަބަރު

ބޭރުގެ ގިނަ ޔުނިވަސިޓީތަކަކާއިއެކު ހަފްތާ ބަންދުގައި އެޑިއުކޭޝަން އެކްސްޕޯއެއް

ބޭރުގެ ގިނަ ޔުނިވަރސިޓީތަކާއިއެކު މި ހަފްތާގައި "އިންޓަރނޭޝަނަލް ހަޔަރ އެޑިޔުކޭޝަން އެކްސްޕޯ 2023" ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިއީ ޒީޑް އިންޓަރނޭޝަނަލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.

މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 3 އިން 4 އަކަށެވެ. އެކްސްޕޯ އޮންނާނީ މީރުމާ ހޮޓެލްގެ އިވެންޓް ހޯލުގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. މި އެކްސްޕޯއަކީ އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. އެގޮތުން މިފަހަރުގެ އެކްސްޕޯގައި ކެރިއަރ ގައިޑެންސް ދިނުމާއި، ޑޮކްޓަރުކަން ކިޔަވަން ރާއްޖޭން ބޭރަށް ދާން ބޭނުންވާ ދަރިވަރުންނަށް ހުރި ފުރުޞަތުތަކަކީ ކޮބައިކަން އަންގައިދޭނެއެވެ. އަދި ރާއްޖޭން ބޭރުގައި ހުރި ޑިގްރީ އަދި މާސްޓަރސްގެ ސްކޮލަރޝިޕް ފުރުޞަތުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރެވޭނެއެވެ.

މި އެކްސްޕޯގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 45 އަކަށްވުރެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި މެލޭޝިއާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ދުބާއީ، ސްރީލަންކާ، އިންޑިއާ، ފިލްޕީންސް، ބަންގްލަދޭޝް، ޗައިނާ، ކެނެޑާ އަދި އެމެރިކާގެ މަޤުބޫލު ޔުނިވަރސިޓީތައް ހިމެނެއެވެ.

މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ޒީޑް އިންޓަރނޭޝަނަލްގެ އީމެއިލްއަށް ބައިވެރިވާން ބޭނުންވާކަމުގެ ކޮންފަރމޭޝަން އީމެއިލެއް ފޮނުވަންޖެހެއެވެ. އަދި ބައިވެރިވާން އީމެއިލް ފޮނުވާ ބައިވެރިންނަށް ޒީޑް އިންޓަރނޭޝަނަލްގެ ކޮންސަލްޓެންޓުން ހަޔަރ އެޑިއުކޭޝަން އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެކަމަށް ޒީޑް އިންޓަރނޭޝަނަލުން ބުނެއެވެ. އެކްސްޕޯއަށް ޒިޔާރަތްކޮށް ބައިވެރިވެ ޑިސްކައުންޓްތަކާއެކު ލެޕްޓޮޕެއް ހޯދުމުގެ ފުރުޞަތުވެސް އޮންނާނެކަމަށް ޒީޑް އިންޓަރނޭޝަނަލުން ބުނެއެވެ.

މިއީ ޒީޑް އިންޓަރނޭޝަލް އިން ހިންގާ ހަޔަރ އެޑިއުކޭޝަން އެކްސްޕޯގެ 3 ވަނަ އެޑިޝަނެވެ. މި އެކްސްޕޯގެ ފުރަތަމަ އެޑިޝަން ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ. އެފަހަރު 200 އަށްވުރެ ގިނަ ދަރިވަރުން ވަނީ އެކްސްޕޯގައި ބައިވެރިވެފައެވެ. ފުރަތަމަ އެޑިޝަނަށް ލިބުނު ތަރުޚީބަށް ބަލާ އެކްސްޕޯގެ ދެވަނަ އެޑިޝަން ކުރިއަށްގެންގޮސްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.