Advertisement

ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

26 Oct 2023
ޚަބަރު

އައްޑޫ 200 ހައުސިން ޔުނިޓް އަޅާނެ ބިން ހަވާލުކޮށްފި

ސަރުކާރުން އައްޑޫ ސިޓީގައި ތަރައްޤީކުރާ 200 ހައުސިންގ ޔުނިޓުގެ މަސައްކަތްކުރުމަށް ބޭނުންވާ ބިން މަސައްކަތުގެ ކޮންޓްރެކްޓަރާއި ޙަވާލުކޮށްފިއެވެ. 

އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫޢު ހިންގުމަށް ބޭނުންވާ ބިން މަސައްކަތުގެ ކޮންޓްރެކްޓަރ، ޕީޓީ ސިސްޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާރ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ.

ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މިމަޝްރޫޢުގެ ދަށުން ބިން ދޫކޮށްފައިވަނީ ހިތަދޫގައި ޤާއިމުކޮށްފައިވާ ސިޓީ ބާޒާރުގެ ފުރަގަހުން އޮތް ސަރަޙައްދުންނެވެ. މިސަރަޙައްދުގައި 200 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ. 

މިއީ ދައުލަތުގެ ބަޖެޓުން 214 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. މިމަޝްރޫޢު އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރާގޮތަށެވެ.

ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މިމަޝްރޫޢުގައި ހިމެނޭ 200 ހައުސިންގ ޔުނިޓުގައި ހިމެނެނީ 1000 އަކަފޫޓްގެ އެޕާޓްމަންޓްތަކެވެ. 3 ކޮޓަރީގެ މިއެޕާޓްމަންޓްތަކުގައި 3 ފާޚާނާއާއި ސިޓިންގރޫމާއި ބަދިގެއާއި، ލޯންޑްރީގެ އިތުރުން ސްޓޯރރޫމެއް ހުންނާނެއެވެ. 

މިމަޝްރޫޢުގެ ދަށުން 11 ފަންގިފިލައިގެ 2 ޓަވަރު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ޓަވަރެއްގެ ތިރީ ފަންގިފިލާ ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި ބޭނުންތަކާއި ޓަވަރުގެ މެއިންޓަނަންސް އޮފީހާއި ޕާކިންގ އޭރިއާގެ ގޮތުގައި ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން މިސަރަޙައްދުގައި ޕާކެއް ތަރައްޤީކުރުމަށްވެސްވަނީ ނިންމާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.