ޚަބަރު
ޚަބަރު
19 Oct 2023
ޚަބަރު
މާލެ ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދަނިކޮށްފެނިއްޖެ
ފުލުހުންގެ އިދާރާއިން ބުނީ، މަރުވެފައި އޮތް އެމީހާގެ ހަށިގަނޑު ފެނިފައިވަނީ، މާލެއާ ދާދިގާތުގައި އޮންނަ ފުނަދޫއާ ދޫނިދޫއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން އޮޔާދަނިކޮށް ކަމަށެވެ. މިހާރު އެމީހާގެ ހަށިގަނޑު ވަނީ ކަނޑުމަތިން ނަގައިގެން މާލެއަށް ގެނެސްފައެވެ.
19 Oct 2023
ޚަބަރު
ފަލަސްޠީނަށް ނަސްރުދެއްވުމަށް އެދި ފަރުޟު 5 ނަމާދުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގަވައިފި
ސަރުކާރުން ވަކިގޮތެއް އަންގަންވަންދެން، ފަރުޟު 5 ނަމާދުގައިވެސް ފަލަސްޠީނަށް ނަޞްރުދެއްވުމަށް އެދި ޤުނޫތު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.
19 Oct 2023
ޚަބަރު
މަސްތުވާތަކެތި ދެނެގަތުމަށް ބޭނުންކުރާ ޓެސްޓްކިޓްތަކެއް ޖަޕާނުން ދިވެހި ފުލުހުންނަށް ހަދިޔާކޮށްފި
ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓުތަކަކީ، މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނިގެންވާ ވޯޓަރ ރެސިސްޓަންޓް ކިޓުތަކެއް ކަމަށާ، މި ކިޓުތަކުގެ އެހީގައި، މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެކަމުގައި މޯލްޑިވްސް ޕޮލިސް ޕޮލިސް ސަރވިސް އިން ވަނީ ބުނެފައެވެ.
19 Oct 2023
ޚަބަރު
ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 12
ހުކުރުދުވަހު މިސްރު މެދުވެރިކޮށް ގާތްގަނޑަކަށް 20 ވަރަކަށް އެހީ ޓްރަކް ޣައްޒާއަށް ވަނުމުގެ ހުއްދަ ދޭނެ ކަމަށް އެމެރިކާއިން އިއުލާންކޮށްފައިވާއިރު، އިސްރާއީލުން ބުނީ އެ އެހީ ޓްރަކްތައް އެމީހުން ނުހުއްޓުވާނެކަމަށް.
18 Oct 2023
ޚަބަރު
އދ. ގައިވެސް ރާއްޖެއިން ގޮވާލީ ފަލަސްޠީނަށްދޭ ހަމަލާތައް ހުއްޓާލުމަށް!
ޣާއްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އ..ދ.ގައިވެސް ރާއްޖެއިން ގޮވާލައިފިއެވެ. ދިވެހިރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އ.ދ.ގެ ޢާއްމު މަޖިލީހުގެ 78ވަނަ ސެޝަނުގެ އިޤްތިޞާދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގައި ރާއްޖެއިން ދިން ބަޔާނެއްގައެވެ.
18 Oct 2023
ޚަބަރު
އިޒްރޭލުން ޣައްޒާގެ ހޮސްޕިޓަލަށް ރޭ ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން ރޭ ގާޒާގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖޭގެ ސަރުކާރުން ކުށްވެރިކޮށްފިއެވެ.
18 Oct 2023
ޚަބަރު
ފަލަސްޠީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯންއަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯންއަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މި ޓެލެތޯންއަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީއާއި ދިވެހި ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯންއެކެވެ.
18 Oct 2023
ޚަބަރު
އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ ފިއުލް ފާމް މާފަރު އެއަރޕޯޓްގައި
އައިލެންޑް އޭވިއޭޝަން ސާވިސަސްއިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ފިއުލް ފާމެއް ހުޅުވައިފިއެވެ. މިއީ އެކުންފުނިން ގާއިމުކުރި ފުރަތަމަ ފިއުލް ފާމެވެ.
18 Oct 2023
ދުނިޔެ
ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 11
ޣައްޒާ ސިޓީގެ އަލް އަހްލީ އަރަބި ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި. މި ހޮސްޕިޓަލަކީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޒަޚަމްވި އެތައް ބަޔަކަށް ފަރުވާ ދިނުމުގެ އިތުރުން ފަލަސްތީނުގެ އެތައް ހާސް ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ހިޔާވަހިކަން ހޯދަމުންދިޔަ ހޮސްޕިޓަލެއް.
18 Oct 2023
ޚަބަރު
ޣައްޒާއަށް އެހީވުމަށް އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާގެ އެހީއެއް
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު ހޯދުމުގެގޮތުން، ދިވެހިރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން "އަހަރުމެން ފަލަސްތީނާއެކު" މި ނަމުގައި ދަނީ ޓެލެތޯނެއް ކުރިޔަށްގެންދަމުންނެވެ. މި ޓެލެތޯންގައި އާންމުންގެ ބޮޑު ތަރުހީބެއް މިހާތަނަށް ލިބިފައިވެއެވެ.
17 Oct 2023
ޚަބަރު
މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމްވީ އެއްދުވަހަކު ނޫން: ރައީސް ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި، ވިދާޅުވީ، މުޅިރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމްދީން ބަލައިގަތީ އެއްދުވަހަކާއި ނޫންކަމަށާއި، މިއަދު ފާހަގަ މިކުރާ ދުވަހަކީ، އޭރުގެ ރަސްގެފާނު އިސްލާމްވީ ދުވަސްކަމަށެވެ. އަދި ހުރިހާ ބޭފުޅުންނަށް ދުވަހުގެ ތަޙްނިޔާ ފޮނުއްވާކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
17 Oct 2023
ޚަބަރު
އައު ސަރުކާރުވާނީ އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް: އިންތިޚާބީ ރައީސް
އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވީ، 17 ނޮވެމްބަރު 2023ގައި ޤާއިމްވާ، ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރު ވާނީ، އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ކަމަށެވެ. އަދި މިޤައުމުގެ އިސްތިޤުލާލާއި، ފަޚުރުވެރިކަން ނަގަހައްޓައިދޭ، ދިވެހިންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަޤުވާމީ މަސްރަހްގައި އުފުލައިދޭނެ ސަރުކާރަށްވެސް އެސަރުކާރު ވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
17 Oct 2023
ޚަބަރު
އަންނަ އަހަރަށް މަޖިލީހުގެ ބަޖެޓަކަށް 186.7 މިލިއަން ރުފިޔާ ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމަށް އަންނަ އަހަރަށް 186.7 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފިއެވެ. މިއަދު ބޭއްވި ޢާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
17 Oct 2023
ޚަބަރު
ސިއްހީ ސާމާނު ނުހޯދިގެން ހިދުމަތް ނުހުއްޓޭނެ: ސަރުކާރު
ސިއްހީ ސާމާނު ނުހޯދިގެން، އެ ދާއިރާގެ ހިދުމަތްތަކަށް ހުއްޓުން ނާންނާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ. ސަރުކާރުން މިގޮތަށް ބުނީ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލު، އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު ހިންގަމުން އަންނަ ބޭރުގެ ކުންފުންޏަށް ދައްކަން ޖެހޭ 5.3 މިލިއަން ޑޮލަރު ނުދައްކާ އޮތުމުން، އެ ކުންފުނީގެ ފަރާތުން ދެމުންދާ ހިދުމަތް ހުއްޓާލަފާނެ ކަމުގެ ކަންބޮޑުވުން އިންތިހާބީ ރައީސް އޮފީހުން ފާޅުކޮށްފައިވަަނިކޮށެވެ.
17 Oct 2023
ޚަބަރު
ލެޕްރަސީ ނެތް ގައުމެއްގެ ޝަރުތު ރާއްޖެއިން ފުރިހަމަކޮށްފި
ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ނެތް ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ފުރިހަމަކޮށްފިއެވެ. އެކަން ފުރިހަމަވުމަށް ބޭނުންވާ އެންމެ މުހިންމު އެއް ޝަރުޠަކީ 100 ރަށުގައި ޖުޒާމް ބަލި ނެތްކަން ކަށަވަރުކުރުމެވެ.
17 Oct 2023
ޚަބަރު
ފަލަސްތީނަށް ދެމުންދާ ހަމަލާތަކަކީ މުޅި އިސްލާމީ އުންމަތައް ދެމުންދާ ހަމަލާތަކެއް: އިމްރާން
ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކަކީ މުޅި އިސްލާމީ އުންމަތަށް ދެމުންދާ ޙަމަލާތަކެއްކަމަށާއި، މިނިސްޓަރ އޮފް ހޯމްއެފެއަރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.