Advertisement

އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގައި އަނިޔާ ލިބުނު ފަލަސްތީނުގެ ރައްޔިތުންތަކެއް، އަލް ޝިފާ ހޮސްޕިޓަލުގައި، ފޮޓޯ: އޭޕީ

18 Oct 2023
ދުނިޔެ

ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 11

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 11 ވަނަ ދުވަސް، 17 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާ ސިޓީގެ އަލް އަހްލީ އަރަބި ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި. މި ހޮސްޕިޓަލަކީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޒަޚަމްވި އެތައް ބަޔަކަށް ފަރުވާ ދިނުމުގެ އިތުރުން, ފަލަސްތީނުގެ އެތައް ހާސް ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ހިޔާވަހިކަން ހޯދަމުންދިޔަ ހޮސްޕިޓަލެއް

🔴 އަލް އަހްލީ އަރަބި ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާއަށްފަހު އެ ގައުމުގެ އަސްކަރިއްޔާއިން ބުނީ އެއީ ހަމާސް ޖަމާއަތުން ކުރިކަމެއްކަމަށް. އަދި އެއީ ހަމާސްއިން އިސްރާއީލަށް ފޮނުވާލަން އުޅުނު ރޮކެޓެއް، ގޯސްކޮށް ލޯންޗު ކުރެވުމުން ހިނގި ހާދިސާއެއްކަމަށް.

🔴 ފަލަސްތީނުގެ ހޮސްޕިޓަލަށް ހަމަލާދީ ގިނަ ބަޔަކު މަރާލުމާ ގުޅިގެން، އިސްރާއީލުގެ އެ އަމަލު ކުށްވެރިކޮށް، ގިނަ ގައުމުތަކުގައި އިހްތިޖާޖުތައް ކުރިޔަށްދޭ. އަދި ބައެއް ގައުމުތަކުގައި ހުންނަ އިސްރާއީލުގެ އެމްބަސީތަކުގެ ކައިރީގައި މުޒާހަރާތައް ވަނީ ފަށާފައި.

🔴 ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ޖޯޑަންގައި ބައްދަލުކުރަންއެޅޭ ވާހަކަތައް ފެތުރުމާއެކު، އެކަމާ ރުޅިވެރިކަން ފާޅުކުރުމަށް ފަލަސްތީނުގެ ރައްޔިތުންވަނީ ހުޅަނގު އައްސޭރީގައި މުޒާހަރާކޮށްފައި. ފަލަސްތީނުގެ ރައްޔިތުން ބުނަމުން ދިޔައީ ޖޯ ބައިޑަންއާ ވާހަކަ ދައްކައިގެން ހައްލުކުރަންޖެހޭ ކަމެއް ނޯންނާނެކަމަށް. މި މުޒާހަރާގައި ފަލަސްތީނުގެ ފުލުހުންނާ އާންމުންނާއި ދެމެދު ހަމަނުޖެހުން ހިނގާފައިވޭ. ނަމަވެސް އިއްޔެގެ އިރާކޮޅު ފަލަސްތީނުގެ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން މަޙްމޫދު އައްބާސްވަނީ ޖޯޑަންއަށް ކުރަން އުޅުން ދަތުރު ކެންސަލްކުރައްވާފަ.

🔴 އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާއީލަށް ވަޑައިގެން، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވަން ނިންމައިފި. ނަމަވެސް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ޖޯޑަން އާއި މިސްރުގެ ލީޑަރުންނާ އެކު އައްމާނުގައި ބާއްވަން ރޭވި ސަމިޓް ކެންސަލްކޮށްފި.

🔴 އިސްރާއީލުން ޣައްޒާ ވަށާ ތިބެ ބޮން ގޮއްވުން ކުރިއަށްގެންދާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ވަނީ އިންތިހާއަށް ބޭނުންވެފައި. އަދި އިސްރާއީލުގެ ސިފައިން ޣައްޒާ ސިޓީއަށް އެއްވެސް އެހީއެއް އެތެރެވިޔަ ދީފައެއް ނުވޭ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.