Advertisement

އެސްޓީއޯ ގްރޫޕްގެ ފަރާތުން 1 މިލިއަން ރުފިޔާ ހަދިޔާކުރުން، ފޮޓޯ: އެސްޓީއޯ

18 Oct 2023
ޚަބަރު

ޣައްޒާއަށް އެހީވުމަށް އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާގެ އެހީއެއް

1948 ވަނަ އަހަރުގެ ނަކްބާއަށްފަހު، ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އެންމެ އަނިޔާވެރި ދުވަސްތައް ގުނަމުންދާއިރު، ފާއިތުވި 10 ދުވަހުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ 1 މިލިއަނަށް ވުރެން ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. މީގެ އިތުރުން، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން، ފަލަސްތީނުގެ ރައްޔިތުން ތިބީ ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެފައެވެ.

އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު ހޯދުމުގެގޮތުން، ދިވެހިރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން "އަހަރުމެން ފަލަސްތީނާއެކު" މި ނަމުގައި ދަނީ ޓެލެތޯނެއް ކުރިޔަށްގެންދަމުންނެވެ. މި ޓެލެތޯންގައި އާންމުންގެ ބޮޑު ތަރުހީބެއް މިހާތަނަށް ލިބިފައިވެއެވެ. މީގެ އިތުރުން މި ކެމްޕެއިންގައި އެސްޓީއޯ އަދި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް، އެމްއެސްއެސް އަދި އެފްއެސްއެމްއިން ބައިވެރިވެ، އެ ކުންފުނި ތަކުގެ މުވައްޒަފުންނާއި އެސްޓީއޯގެ ހިއްސާދާރުންގެ ނަމުގައި އެއް މިލިއަން ދިވެހި ރުފިޔާ ހަދިޔާކޮށްފައިވެއެވެ

މި ހަރަކާތާއި ގުޅިގެން އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، ދިވެހީންނަކީ އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ބައެއްކަމާއި، މިކަމުގައި މުޅި އެސްޓީއޯ ގްރޫޕް އޮތީ ދިވެހި ރައްޔިތުންގެ ފަހަތުގައެވެ.

"ދިވެހިރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރަމުންމިދާ ދަނޑިވަޅު ދިމާވެފައިވަނީ މުސްލިމުންގެ މުގައްދަސް އެއް ބިން ކަމަށްވާ ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އުދުވާނެއް ހިންގަމުންދާ ދަނޑިވަޅަކަށެވެ. ދިވެހިރާއްޖެއަކީ ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައެއްގެ ގޮތުގައި ތިބިބައެކެވެ. އިސްރާއީލުން މިހާރު ހިންގަމުންދާ އުދުވާނާ ގުޅިގެންވެސް ދިވެހިންވަނީ ފަލަސްތީނަށް އެހީވުމަށް މަސައްކަތް ފަށާފައެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންގެ މި ހަރަކާތުގައި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް،އެމްއެސްއެސް އަދި އެފްއެސްއެމްއިން އެ ރައްޔިތުންނާއެކު ތިބިކަން ޔަގީންކޮށް އަރުވަމެވެ"، އެސްޓީއޯއިން ހިއްސާކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.