Advertisement

އެމްއެންޑީއެފްއިން މީގެކުރިން ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

20 Oct 2023
ޚަބަރު

ހައްދުންމަތީގެ 12 ރަށެއްގައި އެމްއެންޑީއެފްގެ ތަމްރީންތަކެއް

ހައްދުންމަތީގެ ބައެއް ރަށްތަކުގައި އެމް.އެން.ޑީ.އެފް. އިން އަސްކަރީ ތަމްރީންތަކެއް ފަށައިފިއެވެ. އެ އިދާރާއިން ބުނީ މި ތަމްރީންތައް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށްކަމަށެވެ.

ލ. އަތޮޅުގެ 12 ރަށެއްގައި މި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިފައިވާއިރު، އެއީ ގާދޫ، ފޮނަދޫ، ކައްދޫ، މާންދޫ، ގަން، ގަސްފިނޮޅު، މަހާކަންފުށި، ބަރެސްދޫ، އުވަދެވިފުށި، ކަޅައިދޫ، ބޮކައިފުށި އަދި މުންޑޫއެވެ. އަދި ތަމްރީންތައް މިމަހުގެ 20 އިން 30 އަށް، ކޮންމެ ދުވަހެއްގެ އިރުއޮއްސި 6 އިން ހެނދުނު 6 އަކަށް ކުރިއަށްދާނެކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

އެމް.އެން.ޑީ.އެފްއިން އިތުރަށް ވިދާޅުވީ، މި ތަމްރީންތަކުގައި ވައިގެ ސަރަޙައްދުވެސް ބޭނުންކުރާނެއެވެ. އެގޮތުން ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 100 މީޓަރުކަމަށާއި، އެންމެ އުސްމިނަކީ 50 މީޓަރުކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ. އަދި ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރި މިނަކީ ކަނޑުގެ ލޮނުގަނޑުން ފެށިގެންކަމަށްވެސް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ އަދި އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ދޭތެރެދޭތެރެއިން އަންނަނީ މިފަދަ ތަމްރީންތައް ހިންގަމުންނެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.