Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

19 Oct 2023
ޚަބަރު

ފަލަސްޠީނަށް ނަސްރުދެއްވުމަށް އެދި ފަރުޟު 5 ނަމާދުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގަވައިފި

ސަރުކާރުން ވަކިގޮތެއް އަންގަންވަންދެން، ފަރުޟު 5 ނަމާދުގައިވެސް ފަލަސްޠީނަށް ނަޞްރުދެއްވުމަށް އެދި ޤުނޫތު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީ ނެރުނު ބަޔާނެއްގައި ވިދާޅުވީ ޤުނޫތު ނާޒިލާ ކިޔާނީ ޒަޔަނިސްޓް ޔަހޫދީންގެ ފަރާތުން ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލިބެމުންދާ އަނިޔާތަކާއި، ކުރިމަތިވަމުންދާ ލާއިންސާނީ ޢަމަލުތަކުން ސަލާމަތްކޮށްދެއްވާ، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ކަމަށެވެ.

އެގޮތުން ސަރުކާރުން ވަކިގޮތެއް އަންގަވަންދެން މެންދުރު ނަމާދުން ފެށިގެން ފަރުޟު ހުރިހާ ނަމާދެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލިބެމުންދާ އަނިޔާތަކާއި، ކުރިމަތިވަމުންދާ ލާއިންސާނީ ޢަމަލުތަކުން ސަލާމަތްކޮށްދެއްވުން އެދި މީގެކުރިން ޤުނޫތު ނާޒިލާ ކިޔަމުންދިޔައީ އަޑު ހަރުކޮށް ކުރާ ނަމާދުތަކުގައި އެކަންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.