Advertisement

ޖަބަލިއާއަށް ދިން ހަމަލާގައި އެ ރަށުގެ ގެތަކެއް ބިމާ ހަމަވެފައިވާ މަންޒަރު، ފޮޓޯ: ރޮއިޓާސް

20 Oct 2023
ދުނިޔެ

ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 13

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 13 ވަނަ ދުވަސް، 19 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ވަނީ ޣައްޒާއަށް ވަނުމަށް ތައްޔާރަށް ތިބުމަށް، ޣައްޒާ ވަށާލާފާއިތިބި އިސްރާއީލުގެ ގްރައުންޑް ސިފައިންނަށް އަންގާފައި

🔴 އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ބޮމުގެ ހަމަލާތައް ކުރިއަށްދާއިރު، ޣައްޒާ ސިޓީގެ މެދުތެރޭގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަކާއި ގްރީކް އޯތޮޑޮކްސް ޗާޗަކަށް ވަނީ ހަމަލާދީފައި.

🔴 އިސްރާއީލާއި ލުބުނާނާއި ދެމެދު، ލުބުނާނުގެ ބޯޑަރުގައި ބަދަލުކުރަމުންދާ ހަމަލާތައް ވެސް ވަރުގަދަވެފައިވާއިރު، އިސްރާއީލުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކުގައި ލުބުނާނުގެ އާންމު މީހަކު މަރުވެފައިވާކަމަށް އ.ދ. އިން ރިޕޯޓުކޮށްފައިވޭ.

🔴 ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ފަސްޓް އެއިޑް ފޯރުކޮށްދިނުމަށް މިސްރުން ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް، މިކަން ހިނގާނެ ވަގުތެއް އަދި ހާމަކޮށްފައެއްނުވޭ.

🔴 ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިން ހިންގަމުންދާ ގްރައުންޑް އޮޕަރޭޝަނުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ނުވަ މީހަކު މަރުވެފައިވާއިރު، އިތުރު އެތައް ބަޔަކު ހައްޔަރުކޮށްފައިވޭ. އެގޮތުން ހުޅަނގު އައްސޭރިން މަރާލި ފަލަސްތީނުގެ މީހުންގެ ޖުމްލަ އަދަދު މަދުވެގެން 75 އަށް އަރާ.

🔴 އިސްރާއީލާއި ހަމާސް ހަނގުރާމައިގެ އެންމެ އުނދަގޫ ދުވަސްތައް އަދި އޮތީ ކުރިމަތީގައިކަމަށް ބުނެ އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ ވަނީ އިންޒާރު ދެއްވާފައި.

🔴 އިސްރާއީލަށް އަމާޒުކޮށްކަމަށް ބެލެވޭ، ޔަމަނުން ފޮނުވާލި މިސައިލްތަކަކާއި ޑްރޯންތަކެއް، މެދުއިރުމަތީގައި އޮތް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކުން ވައްޓާލައިފި.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.