Advertisement

18 Oct 2023
ޚަބަރު

ފަލަސްޠީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯންއަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯންއަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މި ޓެލެތޯންއަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީއާއި ދިވެހި ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯންއެކެވެ.

13 ގަޑިއިރަށް ކުރިއަށްގެންދިޔަ ޓެލެތޯން ނިންމާލިއިރު ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖެއިން ގާއިމްކޮށްފައިވާ ފަންޑަށް އެހީގެ ގޮތުގައި ވަނީ 12.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި 8300އަށްވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ޖަމާކޮށްފައިވެއެވެ. 

ފޮޓޯ: އައިއޭއެސް

މި ޓެލެތޯންގެ ތެރެއިން ވަނީ ފަލަސްތީނުގެ ތާރީޚީ ވާހަކަތަކާއި، އިސްރާއީލުންް ފަލަސްތީނުގެ ބިންތައް ހިފާ ހިންގަމުންދާ ޖަރީމާތަކަށް އަލިއަޅުވާލާ އެކިއެކި ވީޑިއޯ ރިޕޯޓްތައް ގެނެސްދީފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަންލް އެއިޑް ކެމްޕެއިންގެ ފަރާތުން، ޕަލަސްތީނުގައި ކުރިއަށްގެންދާ އޮޕަރޭޝަންތަކާއި ގުޅޭ މަޢުލޫމާތު ތަފްސީލީގޮތެއްގައި ވަނީ ގެނެސްދީފައެވެ. 

ފަންޑަށް ފައިސާ ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އެކިއެކި ޖަމިއްޔާ ޖަމާތްތަކާއި، ކުންފުނިތަކާއި އަދި ގިނަ އަދަދަކަށް އާއްމުން ބައިވެރިވެފައިވެއެވެ. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށި ބަހައްޓައިގެން، ފައިސާ ހޯދުން ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުުރުން ސައިިކަލު ދޮވުމާއި، ކޭކާއި ހެދިކާއާއި އެކި ކަހަލަ ސާމާނު ވިއްކައިގެން ލިބުނު ފައިސާވެސް މި ފަންޑަށް ވަނީ ޖަމާކޮށްފައެވެ.  

ފޮޓޯ: އައިއޭއެސް

މިހާތަނަށް ލިބިފައިވާ 12.5 މިލިއަން ރުފިޔާއަކީ އޮންލައިން ޓްރާންސެކްޝަންތަކުން ލިބުނު ފައިސާކަމަށެވެ. އަދި ފަންޑު ފޮށިތަކުން ލިބުނު ފައިސާ ގުނައި، އެއްކުރެވިގެން ދިއުމާއެކު މި އެހީގެ ޢަދަދު އިތުވާނެކަމަށް މިހަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން ބުނެެެެއެވެ. މި ހަރަކާތުގައި ބައިވެރިވެ އަތޮޅުތަކުގެ ރަށްތަކުގައިވެސް ވަނީ ފަންޑު ފޮށި ބަހައްޓާ، ފަލަސްތީިނާއި ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.