Advertisement

ކުރީގެ ރައީސް މުޙައްމަދު ނަޝީދު --

17 Oct 2023
ޚަބަރު

މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމްވީ އެއްދުވަހަކު ނޫން: ރައީސް ނަޝީދު

މުޅިރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމްވީ އެއްދުވަހަކު ނޫންކަމަށް ވިދާޅުވެ، މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މައްޗަށް ނުބައި ތަޞައްވުރެއް އުފެދޭ މޭރުމަކުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި، ވިދާޅުވީ، މުޅިރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމްދީން ބަލައިގަތީ އެއްދުވަހަކާއި ނޫންކަމަށާއި، މިއަދު ފާހަގަ މިކުރާ ދުވަހަކީ، އޭރުގެ ރަސްގެފާނު އިސްލާމްވީ ދުވަސްކަމަށެވެ. އަދި ހުރިހާ ބޭފުޅުންނަށް ދުވަހުގެ ތަޙްނިޔާ ފޮނުއްވާކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ ހިޖުރީ އަހަރެއްގެވެސް، ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. އެދުވަހަކީ ދިވެހިދައުލަތުން އިސްލާމްދީން ބަލައިގަތް ދުވަހެވެ. އަދި އޭރު ހުންނެވި ރަސްގެފާނު އިސްލާމްވެވަޑައިގެންނެވުމަށްފަހު އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުން އިސްލާމްދީނަށް އެނބުރުމަށްޓަކައި ރަށްރަށަށް ވަފުދުތައް ފޮނުއްވެވިއެވެ. 

ދިވެހިރާއްޖެ އިސްލާމީ ޙިދާޔަތު ލިބުމަށްފަހުގައި، ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއްގެ ގޮތުގައި އޮންނަތާ ހިޖުރީ ގޮތުން 897އަހަރު އަދި މީލާދީ ގޮތުން 870 އަހަރު މިވަނީ ފުރިހަމަވެފައެވެ.

ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅުވައިގެން ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، ދިވެހިންގެ ދީނީ ޢަޤީދާއާއި ގުޅޭ ގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.