Advertisement

ފަލަސްޠީނަށް ތާއީދުކޮށް ބޭއްވި އެއްވުމުގެ ތެރެއިން ---

20 Oct 2023
ޚަބަރު

އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް ނުދިޔުމަށް އެޤައުމުގެ ފޮރިން މިނިސްޓްރީން އަންގައިފި

އިޒްރޭލާއި ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަ ވަމުން އަންނަކަމަށް ބުނެ، އެޤައުމުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އަންގައި އިޒްރޭލްގެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފިއެވެ.

އެބަޔާނުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގައި އިޒްރޭލާއި ދެކޮޅު ހަރަކާތްތައް އިތުރުވެ ވަރުގަދަވަމުން އަންނަ ކަމަށާއި އެހެންކަމުން އިޒްރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ.

އިޒްރާއީލުގެ އަސްކަރިއްޔާއިން ކެނޑިނޭޅި ޣައްޒާއަަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކާއި ގުޅިގެންނާއި، ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖޭގައިވެސް ދަނީ ހަރަކާތްތައް ހިންގަމުންނެވެ. އަދި ރާއްޖެއިން ގެންދަނީ، ޣައްޒާގައި ތިބި ރައްޔިތުންނަށް، ކާބޯތަކެއްޗާއި ފައިސާގެ އެހީތައް ފޮނުވަމުންނެވެ. މީގެ އިތުރުން ރާއްޖެއިން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައިކަން ހާމަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެއްވުންތަކާއި، ހިނގާލުންތައް ބާއްވަމުންނެވެ. މިގޮތުން ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހިނގާލުން މިއަދު ހަވީރު މާލޭގައި އޮންނާނެއެވެ.

އިޒްރޭލުގެ ހައްދު ފަހަނަ އެޅި ޢަމަލުތަކާއި ގުޅިގެން ދިވެހިރައްޔިތުންދަނީ، ރާއްޖެއިން އިޒްރޭލަކީ، ދައުލަތެއްގެ ގޮތުގައި ބަލައި ނުގަތުމަށާއި، އަދި އިޒްރޭލުގެ ޕާސްޕޯޓް ޤަބޫލު ނުކުރުމަށާއި، އިޒްރޭލްގެ ރައްޔިތުންނަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ގޮވާލަމުންނެވެ. އަދި ރާއްޖެއަށް އިޒްރޭލު މީހުން ވަނުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ޤަރާރެއްވެސް ހުށައަޅާފައެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވައިގެ ޙަމަލާތަކުގައި މިހާތަނަށް 4000 މީހުން ޝަހީދުވެފައި ވާއިރު އޭގެތެރެއިން ދެބައިކުޅައެއްބަޔަކީ، ކުޑަކުދިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.