ޚަބަރު
08 Oct 2023
ޚަބަރު
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބަން ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
07 Oct 2023
ޚަބަރު
އީވާ ގޮނޑިން ބޭލުމަށް ފުރަހަނި ޝުއައިބު ނިކުންނަނީ
އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޝުއައިބު ޢަލީ (ފުރަހަނި ޝުއައިބު)، މިއަންނަ އަހަރުގެ ކުރީކޮޅު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރިމަތި ލައްވަން ނިންމާފައިވާކަމަށް އިއުލާންކޮށްފިއެވެ. އެކްސް ގައި ޝުއައިބު މިކަން އިއުލާން ކުރުމުގެ ގޮތުން ކުރެއްވި ޕޯސްޓްގައިވަނީ، އިންތިހާބުގައި އޭނާ ކުރިމަތިލުމަށް ނިންމީ، ގަލޮޅު އުތުރު ދާއިރާގެ ގޮނޑިން އީވާ އަބްދުﷲ ބޭރުކުރުމަށް ކަމަށެވެ.
07 Oct 2023
ޚަބަރު
އޭލެވެލް ސިލަބަސް ކެމްބްރިޖަށް ބަދަލުކުރުން ފަސްކޮށްފި
އޭ ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުނުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމަވައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިދަނޑިވަޅުގައި އެބަދަލު ގެނައުމަކީ ރަނގަޅު ކަމަކަށް ނުވާތީ އޭ ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުކުރުން މަޑުޖައްސާލާފައިވާކަމަށެވެ.
07 Oct 2023
ޚަބަރު
އިންތިހާބީ ނައިބް ރައީސްގެ ގޮނޑި ހުސްވިޔަސް، ބައި އިލެކްޝަނެއް ނޯންނާނެ: އީސީ
ފަރެސްމާތޮޑާ ދާއިރާގެ ބައި އިލެކްޝަން ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އީސީއިން މިހެން ބުނެފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިންތިހާބީ ނައިބު ރައީސްކަމަށް ހޮވިފައިވާތީއެވެ.
07 Oct 2023
ޚަބަރު
އިދާރާތަކަށް ރައީސް އެންގެވީ އިންތިހާބީ ރައީސް ބޭނުންވާނެ މައުލޫމާތުތައް އެއްކުރުމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ދެންނެވުމެއްގައި ވަނީ، ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަޤާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތްތަކެއް ކުރަންވަން އަންގާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ފަރާތްތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ނުވަތަ މަސައްކަތްތަކުގެ ސްޓޭޓަސް އެނގޭނޭ ލިޔުންތައް ތައްޔާރުކުރުމަށް ވަނީ އަންގަވާފައެވެ.
07 Oct 2023
ޚަބަރު
އިންތިހާބީ ރައީސްގެ ފުރަތަމަ ދަތުރު އެންމެ ބޮޑު އަގުލަބިއްޔަތެެއް ލިބުނު ތ.ގުރައިދޫއަށް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ތ. ގުރައިދޫ ކަން އިއުލާނުކުރައްވައިފިއެވެ. އަމިއްލަ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ޑރ.މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޒިޔާރަތް ކުރެއްވި ރަށްތަކުން އެދެމުން ދިޔައީ އެ ރަށްތަކަށް އަލުން ވަޑައިގަތުމަށް ކަމަށެވެ.
06 Oct 2023
ޚަބަރު
ރަސަލް ހޮބްސް ބްރޭންޑުގެ އުފެއްދުމެއް ގަނެގެން ސިންގަޕޫރު ދެކޮޅު ޓިކެޓު ލިބުމުގެ ފުރުސަތު
އެސްޓީއޯ ސުޕަމާޓުން ރަސަލް ހޮބްސް ބްރޭންޑުގެ އުފެއްދުންތަކުން ވިޔަފާރިކޮށްގެން ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓްލިބޭ ޕްރޮމޯޝަނެއް ފަށައިފިއިވެ. އޮކްޓޫބަރު 1ން ފެށިގެން ނޮވެމްބަރ 31 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ރަސަލް ހޮބްގެ އުފެއްދުންތައް ގަތުމަށް ހޭދަކުރާ ކޮންމެ 250 ރުފިޔާއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ.
05 Oct 2023
ޚަބަރު
ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެލައިޑުން ސްކޫލްތަކަށް
މިއަދު ފާހަގަ ކުރަމުންދާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެލައިޑް އިންޝުއަރެންސް އާއި އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލް ގުޅިގެން އެ ކުންފުނީގެ ފަރާތުން މާލޭގެ ހުރިހާ ސުކޫލަކަށް ކޭކު ހަދިޔާކޮށްފިއެވެ.
05 Oct 2023
ޚަބަރު
އާދަމް ޝަރީފްގެ ރައްދު ޔާމީނަށް: މުޒާހަރާގައި ބައިވެރިވެ ހައްޔަރުވެސް ކުރި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވިއިރު، އެމަނިކުފާނު ދޫކޮށްލުމަށް ކުރި މުޒާހަރާތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާނެ ކަމަށާއި އެ މުޒާހަރާތަކުގެ ތެރެއިން ދެ ފަހަރަށް ހައްޔަރު ވެސް ކޮށްފައިވާ ކަމަށް، ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ރޭ ޔާމީންގެ ގޭ ދޮށަށް ސަޕޯޓަރުން ޖަމާވުމުން އެމީހުންނާއި ވާހަކަދައްކަވަމުން ގައުމުގެ ހައްގުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ އެ މަނިކުފާނު ކަމަށް ވިދާޅުވެ، އެ މަނިކުފާނު ޖަލުގައި ހުންނަވާއިރު، ޕާޓީގެ އިސް ބޭފުޅުންނަށް މަގުމަތީގައި އުޅެން ކެރިވަޑައިގަންނަވަން ވާނެ ކަމަށް ވިދާޅުވެފައިވާތީއެވެ.
05 Oct 2023
ޚަބަރު
މަގާމު ލިބުމުން ފިނި ކޮޓަރިއަށްވަދެ ކަންކަން ހަނދާންނެތޭ މީހުން ގިނަ: ޔާމިން
މަގާމުތައް ލިބުމުން ފިނި ކޮޓަރިއަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ ކަމަށް ވިދާޅުވެ، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.
05 Oct 2023
ޚަބަރު
ހުޅުމާލެ ސައުތު ވެސްޓް ހާބަރ ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
މިވަގުތު މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވަނީ އެންމެ ޖެޓީ ހާބަރެކެވެ. މިހާބަރަކީ އެކަށޭނަ ބޮޑުމިނެއްގެ ތަނަކަނުވުމުން، ހުޅުމާލެ ސައުތު ވެސްޓް ހާބަރުގައި ޤާއިމްކުރާ ޑިންގީ ހާބަރުގެ ސަބަބުން ޑިންގީ ގެންގުޅުއްވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
05 Oct 2023
ޚަބަރު
ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރީތި މިސާލެއް: އީސީ
ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގެ ނަތީޖާ ގަބޫލުފުޅު ކުރައްވައި އެކަން އިއުލާން ކުރެއްވި ކަމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރެއްވުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް އަމާން ކަމާއި އޮމާންކަމާއިއެކު ނިމިގެން ދިޔަކަމީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.
04 Oct 2023
ޚަބަރު
ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް، ނިޒާމު އެގޮތުގައި ބޭއްވުމަށް މަސައްކަތް ކުރާނަން: ރައީސް
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ބޭއްވުމަށް، ޢަމަލީގޮތުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރާއި ގުޅިގެން އެމްޑީޕީން ގޮތެއް ނިންމުމަށް ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
04 Oct 2023
ޚަބަރު
ބީއެމްއެލްގެ ނަމުގައި ފޭކް މެސެޖެއް، ސަމާލުވޭ!
ބީއެމްއެލްގެ ނަމުގައި ފޭކު މެސެޖްތަކެއް ފޮނުވަމުންދާތީ ކަސްޓަމަރުން ސަމާލުވުމަށް އެބޭންކުން އިލްތިމާސްކޮށްފިއެވެ. މި މެސެޖުގައިވަނީ މެސެޖް ލިބޭ ފަރާތުގެ ބީއެމްއެލް އިންޓަރނެޓް ބޭންކިން އެކައުންޓުވަނީ ލޯންޑް ކުރެވިފައި ކަމަށާއި އިންޓަރނެޓް ބޭންކިންގެ މައުލޫމާތުތައް އަދާހަމަކުރުމަށެވެ. އަދި އެކަން ކުރުމަށް މެސެޖުގައިވާ ލިންކަށް ފިއްތުމަށް އެދެއެވެ.
04 Oct 2023
ޚަބަރު
އެމްޑީޕީއާއި އަދާލަތު ޕާޓީގެ ތާއީދެއްވެސް ބަރުލަމާނީއަކަށް ނެތް!
ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަކަމަށް އެމްޑީޕީއާއި އަދާލަތު ޕާޓީންވެސް ނިންމައިފިއެވެ.  ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމުންގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤަރާރާ ގުޅިގެން، އެމްޑީޕީން ގޮތެއް ނިންމުމަށް ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ރޫހުވެސް ހުރީ ރިޔާސީ ނިޒާމު ދަމަހައްޓައި، ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނުމަށެވެ.
04 Oct 2023
ޚަބަރު
ރާއްޖޭގެ އިޤްތިސާދު މި އަހަރު %6.5 ގައި ކުރިއަރާނެ: ވޯލްޑް ބޭންކް
ރާއްޖޭގެ އިޤްތިޞާދު މިއަހަރު %6.5 ގައި ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ. އެ ބޭންކުން މިގޮތައް ހާމަކޮށްފައިވަނީ ވޯލްޑް ބޭންކުގެ ސައުތު އޭޝިއާއިން ނެރުނު، 'ބެޓެން ޑައުން ދަ ހެޗަސް' މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައެވެ.