Advertisement

ފޮޓޯ: ރައީސް އޮފީސް

09 Oct 2023
ޚަބަރު

މެޑަމް ފަޒްނާ އިންތިހާބީ ރައީސްގެ އަނބިކަނބަލުންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު މުލިއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ފަޒްނާ އަޙްމަދު ވަނީ އިންތިޚާބުގައި ޑރ. މުޙައްމަދު މުޢިއްޒު ހޯދެއްވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.

މެޑަމް ފަޒްނާ އިންތިހާބީ ރައީސްގެ އަނބިކަނބަލުންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

މިއީ ރައީސް އަދި އިންތިހާބީ ރައީސްގެ އަނބިކަނބަލުން އާންމުކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޑރ. މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދެބޭފުޅުންވެސް ވަނީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެޑއިގެންފައެވެ. އަދި ދެ ބޭފުޅުންވެސް ފިރިކަލުންނަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

މެޑަމް ފަޒްނާ އިންތިހާބީ ރައީސްގެ އަނބިކަނބަލުންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ޑރ. ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ހޯއްދެވީ 129،159 ވޯޓު ނުވަތަ 54 އިންސައްތަ ލިބިވަޑައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލިބިވަޑައިގަތީ 109868 ވޯޓްއެވެ. އެއީ ވޯޓްލީ މީހުން 45.9 އިންސައްތައެވެ.

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ދައުލަތުން މިހާރު ހަމަޖައްސާފައިވާ ރަސްމީ ގެކޮޅަކީ މުލީއާގެ އެވެ. އެހެންނަމަވެސް އެކަން އޮންނަނީ އެއިރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅެއްގެ އިހުތިޔާރުގަ އެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.