Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

12 Oct 2023
ޚަބަރު

އަންނަ މަހުގެ 17 ގެ ކުރިން ފްލެޓް ލިބޭ 4000 މީހުންނާއިއެކު ސޮއިކުރަނީ

ލިސްޓް ތަރުތީބުކޮށް، ފްލެޓް ލިބޭ ފުރަތަމަ 4000 މީހުންނާއެކު ކޮންޓްރެކްޓް ހެދުމުގެ މަސައްކަތްތައް ނޮވެމްބަރު 17ގެ ކުރިން ނިންމާނެކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުއަކީ ސަރުކާރުން އެފް.ޑީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ނަމަވެސް، މި މަޝްރޫޢުގައި ފްލެޓް ލިބޭ މީހުން ކަނޑައަޅަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ.

މިނިސްޓްރީއިން މިހާރު ވަނީ ފްލެޓް ލިބޭ ދާއިމީ ލިސްޓްގައި ހިމެނުނު އެންމެންނަށް އެކަން އަންގާފައެވެ. އެފް.ޑީ.ސީން ވިދާޅުވީ، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ތަރުތީބުކޮށްދިންހާ އަވަހަކަށް ކޮންޓްރެކްޓް ހެދުމުގެ މަސައްކަތްތައް ފަށާނެކަމަށެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، މިހާރު ނިމެމުންދާ 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓް ވަރަށް އަވަހަށް ޔަޤީންވާނެކަމަށެވެ. އަންނަ މަހުގެ 17 ގެ ކުރިން އެ ލިސްޓް ނެރެ، 4000 ޔުނިޓްގެ މަޝްރޫޢުއިން ފްލެޓް ލިބޭ މީހުންނާއެކު ކޮންޓްރެކްޓްގައި ސޮއިކޮށް ނިންމާނެކަމަށް ވަނީ ބުނެފައެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ފަހި ދިރިއުޅުން ކޯރޕަރޭޝަން، އެފް.ޑީ.ސީއާއި ހަވާލުކޮށްގެން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓްގެ ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. މި ހައުސިންގ ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ތަރައްޤީކުރާ 2000 ޔުނިޓާއި އެންބީސީސީއާ ހަވާލުކޮށްފައިވާ 2000 ޔުނިޓެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްތަކަށް ބަލާއިރު، މިހާރު ވަނީ 6 ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް ނިންމާފައެވެ. 4 ޓަވަރުގެ ފިނިޝިން މަސައްކަތުގެ %60 ވަނީ ނިމިފައެވެ.  

މި މަޝްރޫޢުގައި ތަރައްޤީކުރަނީ 2 ކޮޓަރިއާއި އަދި 3 ކޮޓަރީގެ ޔުނިޓްތަކެކެވެ. މި ފްލެޓްތައް އޭގެ ޙައްގުވެރިންނާއި ހަވާލުކުރާނީ، ފިނިޝިންގގެ ހުރިހާ މަސައްކަތްތައްވެސް ނިންމުމަށް ފަހުގައެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 32 ޓަވަރު ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.