Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

13 Oct 2023
ޚަބަރު

ދިވެހިން ފަލަސްތީނާއި އެކު ތިބިކަން ހާމަކުރުމަށް މިއަދު ބޮޑު އެއްވުމެއް

ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ބާއްވާ "ދިވެހިންގެ ބޮޑު އެއްވުން" މިއަދު ހަވީރު އޮންނާނެއެވެ. “ދިވެހިންގެ ބޮޑު އެއްވުން“ މި ހަރަކާތުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމުޢިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެފައެވެ.

ފަލަސްޠީނުގައި މިވަގުތު ކާބޯތަކެއްޗާއި ތެޔޮ، އަދި ފެނާއި ކަރަންޓުވެސް ވަނީ ކަނޑާލާފައެވެ. އިންޓަނޭޝަނަލް އެއިޑް ކެންޕެއިނުން ބުނީ މިއީ ޤައުމީ ކެމްޕެއިނެއްކަމަށެވެ. މިވަގުތަކީ އިސްލާމީ އުންމަތުގެ ގޮތުގައި ދިވެހީން ތެދުވަންވީ ވަގުތުކަމަށެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި، އިސްރާ އެސޯސިއޭޝަނާއި، މިހަރަކާތުގައި މިވަގުތު ބައިވެރިވާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ފަރާތުން ވަނީ ދިވެހިރާއްޖޭގެ ހުރިހާ ޖަމްޢިއްޔާ ޖަމާއަތްތަކާއި، ހުރިހާ ސިޔާސީ ޕާޓީތަކާއި، ހުރިހާ ފަންތިއެއްގެ ހުރިހައި ގިންތިއެއްގެ ކުދި ބޮޑު އެންމެހާ ފަރާތްތަކުން މި އެއްވުމުގައި ބައިވެރިވުމަށް އެދިފައެވެ.

މި އެއްވުން އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު އާޓިފިޝިއަލް ބީޗުގައެވެ. އެއްވުމަށް ވަޑައިގަންނަވާއިރު ހުރިހައި ބޭފުޅުންވެސް ފަލަސްތީނުގެ ދިދައިގައި ހިމެނޭ ކުލަތައްކަމަށްވާ ފެހި، ރަތް، ހުދު އަދި ކަޅު ކުލައިގެ ހެދުމެއް ލުމަށް ވަނީ އެދިފައެވެ. ނުވަތަ ފަލަސްތީނުގެ ދިދައެއް ގެނެވިދާނެއެވެ. ދިދައެއް ނެތްނަމަ ފޮތިކޮޅެއްވެސް ގެނެވިދާނެއެވެ. އަދި އެއްވެސް އެއްޗެއް ނެތްނަމަވެސް އައިސް މި އެއްވުމުގައި ބައިވެރިވުމަކީ އެއްވުން އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ. 

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީން ބުނީ ޣައްޒާއަށް އެހީވުމަށް އެ ޖަމުޢިއްޔާއިން ފެށި ކެމްޕެއިނަށް މިހާރު ގާތްގަނޑަކަށް 3 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި މީޑިއާތަކާއި، އައިއޭސީ ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ނިންމާފައެވެ. މި ޓެލެތޯން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 17ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.