Advertisement

13 Oct 2023
ދީން

ފަލަސްޠީނުގެ ބިމަކީ އެންމެ ގިނަ ނަބީންނާއި ރަސޫލުން އުފަންވެވަޑައިގެންނެވި އަދި ދިރިއުޅުއްވި ބިން

ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ނަޞްރު ދެއްވައި، އަނިޔާވެރި ޔަހޫދީ ދައުލަތް ބަލިކުރެއްވުން އެދި، މާތްﷲއަށް ދުޢާކުރުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ، ފަލަސްޠީނުގެ މައްސަލައަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުވާ ލައްވާފައިއެވެ. މިގޮތުން ފަލަސްޠީނުގައިވާ މަސްޖިދުލް އަޤުޞާ އާއި މުސްލިމުންނާއި ހުރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނެފައި ވަނީ، އެބިމަކީ މާތްﷲ ބަރަކާތްލައްވަވާފައިވާ ބިމެއް ކަމަށާއި، އެންމެ ގިނަ ނަބީންނާއި ރަސޫލުން އެބިމެއްގައި އުފަންވެވަޑައިގެންނެވި އަދި ދިރިއުޅުއްވި ބިންކަމަށެވެ. އަދި އެއީ، ކީރިތި ރަސޫލާ އިސްރާ ކުރެއްވެވުނު ބިންކަމަށާއި، އަދި އެކަލޭގެފާނު މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވީވެސް އެބިމުންކަމުގައިވުމާއި، މުސްލިމުންގެ ފުރަތަމަ ޤިބުލައަކީ މަސްޖިދުލް އަޤުޞާކަމުގައިވުންވެސް ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މުސްލިމުންގެ އަތުން އެބިމާއި އަޤުޞާ ފޭރިގަތުމަށްޓަކައި، ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަސްޖިދުލް އަޤުޞާގެ ގޮތުގައި ޤުއްބަތުއް ސަޚްރާގެ ފޮޓޯ ފަތުރައިގެން ކުރަމުންދާ މަސައްކަތްތައްވެސް ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ޔަހޫދީންގެ އަމާޒަކީ، ފަލަސްޠީނުގެ ބިމުން މުސްލިމުންގެ ވަސްވެސް ފޮހެލުންކަން މިއަދުގެ ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ޚުޠުބާގައި ބުނެފައި ވަނީ، ޢަދުއްވުންނާއި ކުރެވުނު ހަނގުރާމަތަކުގައި، މުސްލިމުންނަށް ނަޞްރު ލިބިފައި ވަނީ، ހަނގުރާމަވެރިންގެ އަދަދާއި، ވަޞީލަތައް ގިނަވެގެން ނޫންކަމުގައެވެ. އަދި މުސްލިމުންނަށް ނަސްރާއި ފަތަޙަ ލިބިފައި ވަނީ، މާތްﷲއަށް ބަރޯސާވެ ވަކީލު ކުރުމާއިއެކު ސަބަބުތަކުގައި ހިފައިގެން ކުރިޔަށް ދިޔުމުންކަމުގައިވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު، ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ޙަމާސް ޖަމާއަތުގެ މުޖާހިދުން އިޒްރާއީލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ދަނީ، ގައްޒާއަށް ބޮންއަޅައި މުޅި ގައްޒާއެކުގައި ސުންނާފަތި ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.