Advertisement

ފޮޓޯ: އާބަންކޯ

11 Oct 2023
ޚަބަރު

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ފުރަތަމަ މަރުހަލާގެ %70 ހިއްކާ ނިމިއްޖެ

ހުޅުމާލެ 3ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ މަރުހަލާގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ %70 ހިއްކާ ނިމިފައިވާކަމަށް އާރބަންކޯއިން ވިދާޅުވެއްޖެއެވެ. އާރބަންކޯއިން ބުނީ ހިއްކުމަށް ހަމަޖެހިފައިވާ 10 ހެކްޓަރު އަންނަ ހުކުރުދުވަހު ހިއްކާ ނިމޭނެކަމަށެވެ.

ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފަޅުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީންނެވެ.

އާރބަންކޯއިން ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހިއްކުމަށް ހަމަޖެހިފައިވަނީ 10 ހެކްޓަރުގެ ބިމެވެ. މުޅި މިމަޝްރޫޢުގެ މަސައްކަތް ހައެއްކަ ހަފުތާތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އާބަންކޯއިން ވަނީ ވިދާޅުވެފައެވެ.

އާރބަންކޯއިން މިހާރުވަނީ ތިންވަނަ ފިޔަވަހީގެ ދެވަނަ މަރުހަލާގެ ބިން ހިއްކަން ފެށުމަށްޓަކައި އެސަރަހައްދުގައި ހުރި އުޅަނދު ފަހަރު ނެގުމަށް އަންގަވާފައެވެ. އަދި އުޅަނދުތައް ނަގަންޖެހޭ ސަރަހައްދާ ނަގާ އުޅަނދުތައް ބޭއްވެނެ ސަރަހައްދު އެނގޭނެހެން ފާހަގަކޮށްފައިވާ ޗާޓެއް އެޗްޑީސީންވަނީ އާއްމުކުރައްވާފައެވެ.

ހުޅުމާލޭގައި މިހާރު ތަރައްޤީ ކުރެވެމުންދާ ފިޔަވަހިތަކެކޭ އެއްފަދައިން ތިންވަނަ ފިޔަވަހީގައިވެސް ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ވިދާޅުވެއެވެ. އެގޮތުން މިފިޔަވަހިވެސް ތަރައްޤީކުރާނީ މަގުތަކާއި ބްރިޖްގެ އިތުރުން ޕާކްތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތައް ފަހިވާނެގޮތަށް ކަމަށް އާބަންކޯއިން ވިދާޅުވެފައެވެ.

ހުޅުމާލެއިން އަލަށް ހިއްކާ މި ބިމުގައިގައި ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެ ކަމަށް އާބަންކޯއިން ވިދާޅުވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.