ޤައުމަށް ހަމަޖެހުން ގެނެސް ދެއްވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ
އިންތިޚާބުގެ ކާމިޔާބީއާއި ގުޅިގެން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއިއެކު، ރާއްޖޭގެ މީޑިއާތަކާއި ބައްދަލުކުރައްވައި، އިންތިޚާބީ ރައިސް، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ހަމަޖެހުން ގެނެސްދެއްވައި ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރައްވާނެ ކަމަށެވެ. އަދި އިޤުތިޞާދު ކޮޅަށް ޖައްސަވާނެ ކަމަށާއި، ކުރިއަށް މިއޮތް ދުވަސްތަކަކީ ރައްޔިތުން އުންމީދު ކުރާ ގޮތަށް ގެންދެވޭނެ ދުވަސްތަކެއް ކަމަށާއި އެމަނިކުފާނުގެ ބަހާއި ޢަމަލާ ދިމާވާނެ ކަމަށްވެސް އިންތިޚާބީ ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.