Advertisement

އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒުއާ ޕީއެންސީގެ ރައީސް ޢަބުދުރަހީމް ޢަބުދުﷲ އާއި އިންތިޚާބީ ނައިބުރައީސް މުޙައްމަދު ޙުސައިން ލަތީފް

30 Sep 2023
ޚަބަރު

ޤައުމަށް ހަމަޖެހުން ގެނެސް ދެއްވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ

އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް ހަމަޖެހުން ގެނެސް ދެއްވާނެ ކަމުގައި އިންތިޚާބީ ރައިސް، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އިންތިޚާބުގެ ކާމިޔާބީއާއި ގުޅިގެން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއިއެކު، ރާއްޖޭގެ މީޑިއާތަކާއި ބައްދަލުކުރައްވައި، އިންތިޚާބީ ރައިސް، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ހަމަޖެހުން ގެނެސްދެއްވައި ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރައްވާނެ ކަމަށެވެ. އަދި އިޤުތިޞާދު ކޮޅަށް ޖައްސަވާނެ ކަމަށާއި، ކުރިއަށް މިއޮތް ދުވަސްތަކަކީ ރައްޔިތުން އުންމީދު ކުރާ ގޮތަށް ގެންދެވޭނެ ދުވަސްތަކެއް ކަމަށާއި އެމަނިކުފާނުގެ ބަހާއި ޢަމަލާ ދިމާވާނެ ކަމަށްވެސް އިންތިޚާބީ ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަނޑިވަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް. އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް." 

އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު 

އެމަނިކުފާނު ވިދާޅުވީ، މިއަދުގެ ނަތީޖާއިން ޤައުމުގެ މުސްތަޤުބަލް ބިނާކުރުމަށް ވަރަށް ބޮޑު ހިއްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި އެއީ ޤައުމުގެ މިނިވަންކަން ޔަޤިންކުރުމަށްޓަކައި ލިބުނު ވަރަށް ބޮޑު ހިއްވަރެއް ކަމުގައިވެސް ވިދާޅުވިއެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު، ޑރ، މުޢިއްޒު ކާމިޔާބު ކުރައްވާފައި ވަނީ، ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އިންތިޚާބުގައި ވޯޓުލީ މީހުންގެ %54 ވޯޓު އެމަނިކުފާނަށް ލިބިވަޑައިގަތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.