Advertisement

ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ ސައިޓް | ފޮޓޯ: މިނިސްޓަރ މަޙްލޫފް

29 Sep 2023
ޚަބަރު

ބްރިޖްގެ 100 އަށްވުރެ ގިނަ ސެގްމަންޓް ހުރީ ނިމިފައި

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ ދޮގު ވާހަކަ ދައްކާ ފަރާތްތަކަށް އެ މަސައްކަތް ކުރިއަށްދާގޮތް ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު ދައްކާލާއިފިއެވެ. މަހުލޫފު ވަނީ ބްރިޖްގެ ތަނބުތަކުގެ މަސައްކަތް ކުރާ ސައިޓަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާގޮތް، ފާޑުކިޔާ އެންމެހައި ފަރާތްތަކަށް ދައްކާލާފައެވެ.

މަހުލޫފު ވިދާޅުވީ ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް ފެށިގެން ގޮސްފައިވަނީ 2022 ވަނަ އަހަރުކަމަށެވެ. ކޯވިޑްގެ ދަތި އުނދަގޫ ދުވަސްވަރުގައި ސޮއިކުރެވި، އަދި އަމަލީ މަސައްކަތް ފެށި، މިއަދު މި މަސައްކަތް ގޮސްފައިވާ ހިސާބު ފެނި އޭނާވެސް ހުރީ ހައިރާންވެފައިކަމަށް ކިޔާދެއްވިއެވެ.

2400 އެއްހައި މީހުން މި މަސައްކަތުގައި 24 ގަޑިއިރު ހުއްޓުމެއް ނެތި ގެންދަނީ މަސައްކަތް ކުރަމުންކަމަށާއި، ހިމަ ތަނބުތަކެއް ޖަހަނީކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް މަހުލޫފު ވިދާޅުވެފައިވަނީ މިހާރު މޫދަށް ޖަހާފައި އެހުރީ ޓެސްޓު ކުރުމަށް ޕައިލް ކުރެވިފައި ހުރި ތަނބުތަކެއްކަމަށެވެ. އަދި ވީޑިއޯއިން ފެންނަ ގޮތުގައި މޫދަށް ޖަހާ ތަނބުތަކުގެ ޑައިމީޓަރ މިނިސްޓަރ މަހްލޫފަށް ވުރެންވެސް ދިގު ކަމެވެ.

"1200 ސެގްމަންޓްގެ ތެރެއިން 100 އަށްވުރެ ގިނަ ސެގްމަންޓް ހުރީ ނިމިފައި. ތިލަފުށީ ސައިޓް ބަލާލާއިރުގައި މުޅި ތަން ފުރި ބާރުވެފައި މިއޮތީ ހުސް މަސައްކަތުން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މި ބޭފުޅުންނާއިއެކު ހެދިފައިހުރި ކޮންޓްރެކްޓަށްވުރެ މާއަވަހަށް ނިމިގެންދާނެ ކަމުގެ އެއްވެސް ޝައްކެތް ނެތް." މަހުލޫފު ވިދާޅުވިއެވެ.

މިކަން ވެގެންދާނީ ރައީސް އިބޫގެ ސަރުކާރުން ގްރޭޓަރ މާލެ ސަރަހައްދަށް ގެންނަ ބޮޑު އިންގިލާބީ ބަދަލަކަށްކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ، މިހާރު ރައީސް ދެއްވަމުން އެދާ ގޯތިތައް ހެދިގެންދާއިރު އެ ބްރިޖުން ދަތުރު ކުރުމަށްފަހު ގޮސް، ގޯތިތަކަށް ވަދެވޭނެކަމަށެވެ.

"މި ކަނެކްޝަން ނިމިގެންދާއިރު ރައީސް ދެއްވާފައިވާ ގޯތިތައް މިހާރު އެދަނީ ކަނޑަމުން ކަނޑަމުން. އަދި އިތުރަށްވެސް ރައީސް ސޯލިހު ވަނީ އެތައް ހާސް ގޯއްޗެއް މާލެ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅެމުންދާތާ 20 އަހަރު ވެފައިވާ ރައްޔިތުންނަށް ހަމަޖައްސަވައިދެއްވަމުން. އެތަން ހެދިގެންދާއިރަށް އިރާދަކުރެއްވިއްޔާ މި ބްރިޖް ކަނެކްޓް ވެގެންދާނެ. މިއީ އަޅުގަނޑުމެން ދުވަހަކުވެސް ހިތަށް ގެންނަންވެސް އަޅުގަނޑުމެންނަށް ފެންނާނެކަމަށް އުންމީދުކުރި މަންޒަރެއް ނޫން." މަހުލޫފު ވިދާޅުވިއެވެ.

ތިލަފުށީ ސައިޓްގައި ކުރިއަށްދަނީ މުޅި މި ބްރިޖްގެ 70 އިންސައްތަ މަސައްކަތްކަމަށާއި އޭގެ ބޮޑުބައި މިހާރު ވަނީ ނިމިފައިކަމަށް މަހްލޫފު ފާހަގަކުރެއްވެވިއެވެ. އަދި ބްރިޖްގެ ތަނބުތައް މައްޗަށް ނާރާކަމަށް ބުނެ ޖޯކު ޖަހަމުން އެދަނީ ބާކީ އޮތް 30 އިންސައްތައަށްކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ. 

ބްރިޖްގެ މަސައްކަތް ކުރަމުންދަނީ ފަރުވާ ކުޑަކޮށް ކޮލެޓީ ދަށްކޮށްކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، މި ބްރިޖް މޮނިޓަރކުރުމުގެ މަސައްކަތް ކުރަމުންދަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަސައްކަތް މޮނިޓަރކޮށް ސެޓްފިކެޓް ދިން ކުންފުނިންކަންވެސް މަހްލޫފު ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.