ޚަބަރު
ޚަބަރު
16 May 2023
ޚަބަރު
ޢިލުމުވެރިންގެ ގުޅުމުގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
އިލްމުވެރިންގެ ގުޅުމުގައި ހިމެނޭ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވުމަށް ބޭނުންވެގެން ހުށައަޅާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ، މިއަދު އެ ބައްދަލުވުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްުޔާގެ އޮފީހުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ބުނީ، އެފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް 3 ހުށައެޅުމެއް ހުށައެޅި ކަމަށެވެ.
16 May 2023
ޚަބަރު
މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ހޯދަމުންދާ މީހާ އަދި ފެނިފައި ނުވާކަމުގައި ފުލުހުން ބުނެފި
އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ފުލުހުން އޭނާ ހޯދަމުންދާކަން ހާމަކޮށްފައި ވަނީ އިއްޔެއެވެ. އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދަނީ، ރައްޔިތުންގ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޒަރީރަށް ހަމަލާދީ މާރާމާރީ ހިންގުމުގައި އޭނާ ބައިވެރިވެފައި ވާތީ އެވެ. އެމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މި ނަހުގެ 11 ވނަ ދުވަހުވެސް ފުލުހުން ވަނީ ދިވެހި ދެފިރިހެނަކު ހައްޔަރުކޮށްފައެވެ. މެމްބަރު ޒަރީރަށް ހަމަލާދީފައި ވަނީ، މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ، ޓީވީމޯލްޑިވްސްގެ އަނެއްކަންމަތީގައި ހުންނަ، ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށެވެ.
16 May 2023
ޚަބަރު
ސްކޮލަރޝިޕްތަކަށް މިސަރުކާރުން މިހާތަނަށް ބައި ބިލިޔަން ރުފިޔާ ޚަރަދުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުދުންތެރިކަން ނެތް ޢާއިލާތަކުގެ ދަރިވަރުން މަތީ ސާނަވީގައި ރަނގަޅު ނަތީޖާ ހޯދިޔަސް، އިތުރަށް ކިޔެވުމުގެ ފުރުޞަތު، މީގެ ކުރިން އޮތީ ވަރަށް ހަނިކޮށް ކަމަށެެވެ. އަދި މިސަރުކާރުގެ ފުރަތަމަ އަމާޒަކަށްވީ އެ ތަފާތުތައް ނައްތައިލުންކަމަށާއި، މިއަދު ދިވެހި ކޮންމެ ދަރިވަރަކަށް އެ ފުރުޞަތު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިސަރުކާރުން ތަޢާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދަރިންނަށް މަތީ ތަޢުލީމު ދިނުމަށްޓަކައި ރާއްޖޭގައި މިހާތަނަށް ފެށި އެންމެ ބޭނުންތެރި ޕްރޮގްރާމްކަމަށާއި އަދި، ދަރިންނަށް ކިޔަވައިދީގެން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ގޮތުންވެސް ރާއްޖޭގައި މިހާތަނަށް ހިންގަމުން އަންނަ، ނަތީޖާ އެންމެ ރަނގަޅު ޕްރޮގްރާމް ކަމަށެވެ. މިގޮތުން އެ ޕްރޮގްރާމްގެ ކާމިޔާބީތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލި އަޅުއްވާ ލެއްވިއެވެ.
16 May 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް 17 ދަރިވަރަކަށް ލިބިއްޖެ
16 May 2023
ޚަބަރު
މެެރިޓް ސްކޮލަރޝިޕެއް އަލަށް ތަޢާރަފްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުުވީ، މަތީ ތަޢުލީމު ޙާޞިލުކުރުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާ މެރިޓް ސްކޮލަރޝިޕް ލިބޭނީ، ރައީސްގެ ޚާއްޞަ އެވޯޑާއި ހައި އެޗީވަރސް ސްކޮލަރޝިޕްގައި ނުހިމެނޭ ދަރިވަރުންނަށްކަމަށެވެ. އަދި އެއީ އެ ދަރިވަރަކު ޔުނިވަރސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ސަރުކާރުން ޚާއްޞަކުރާ ސްކޮލަރޝިޕެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ސްކީމާ ގުޅޭ އިތުރު ތަފްޞީލުތައް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
16 May 2023
ޚަބަރު
ފުއްގިރި މައްސަަލައިގައި ސްޕްރީމް ކޯޓުގައިވެސް ރައީސް ޔާމީނަށް ނާކާމިޔާބު
15 May 2023
ޚަބަރު
މެމްބަރު ޢަލީ އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް ފިޔަވަޅުއަޅާ ކޮމިޓީން ނިންމައިފި
އެމްޑީޕީގެ ފިޔަވަޅު އަޅާކޮމިޓީން މިގޮތަށް ނިންމި ނަމަވެސް އެކަމާއި ގުޅޭ ގޮތުން އަދި އެމްޑީޕީން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ. މެމްބަރު ޢާޒިމް އެމްޑީޕީން ވަކިވެއްޖެ ކަމުގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމި އިރު، ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއެކުރެއްވި މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އޮތީ ވިދާޅުވެފައެވެ. އަދި އާޒިމްގެ މައްސަލަ ފިޔަވަޅު އަޅާކޮމިޓީއަށް ފޮނުވީވެސް އަސްލަމެވެ. މެމްބަރު ޢަލީ އާޒިމްގެންދަވަނީ މިފަހުން އެމްޑީޕީ ސަރުކާރާއި ދެކޮޅަށް އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ. އަދި އެމްޑީޕީގެ އަސާސްތައް މުގުރާލައްވައި، އިދިކޮޅުން އުފައްދާފައިވާ ޗާގޯސް ކޯލިޝަންގައި ޕާޓީގެ ބަހެއް ނެތި އަމިއްލަ ފުޅަށް ބައިވެރިވެވަޑައިގެން އެމްޑީޕީގެ ނަމުގައި ތަމްސީލް ކުރައްވާފައިވެސް ވެއެވެ، މިގޮތުން ޗާގޯސް ކޯލިޝަނުން ބާއްވަމުން އަންނަ ބައްދަލުވުންތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް އާޒިމް އައީ ބައިވެރިވެވަޑައިގަންނަަވަމުންނެވެ. އެމްޑީޕީ ސަރުކާރާއި ދެކޮޅަށް ޢަލީ އާޒިމް ނުކުންނެވީ، ރައީސް ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެ ވަޑައިެންނެވުމާއި އެކު އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު އުފެއްދެވި ފެކްޝަން "ފިކުރެއްގެ ދިރުން" އާއެކު ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވުމަށް ފަހުގައެވެ.
15 May 2023
ޚަބަރު
މެންދުރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި ހަވީރުވިއިރު އަނބުރާ ނަގައިފި
ޝާހިދުގެ އިތުބާރު ނެތްތަކުގެ މައްސަލަ މަޖިލީހަށް ވެއްދީ، ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު ސޮއެކުރައްވައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ މެމްބަރުންނާއި، ޕީއެންސީގެ މެމްބަރުންނާއި ޖުމްހޫރީޕާޓީގެ އެއް މެމްބަރެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ޝާހިދު މަޤާމުން ވަކިކުރެއްވުމަށް އިތުބާރުނެތްކަމުގެ މައްސަލައިގައި ސޮއެ ކުރައްވާފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިނެވެ. އިދިކޮޅުން ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތާއި، ފޮރިންގ މިނިސްޓަރ ޢަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަަލަ މަޖިލީހަށް ހުށައެޅީ މޮރިޝަސް އާއި ރާއްޖެއިން ކަނޑުގެ އިން ވަކިކުރި މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ ކަމަށް ބުނެ ކުރާ ތުހުމަތު ތަކާއި ގުޅުވައިގެންނެވެ.
15 May 2023
ޚަބަރު
މޫސުމް ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓްއެލާޓް ނެރެފި
މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ، އެންމެ އުތުރުގެ ތިން އަތޮޅު ފިޔަވައި މުޅި ރާއްޖެއަށެވެ. މިގޮތުން ނ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ހުރިހާ ސަރަހައްދަކަށް ވައިޓްއެލާޓް ނެރެފައި ވަނީ މިރޭގެ 19:00 އިން ފެށިގެން މެންދަމު 1:00އަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިވިއްސާރައިގައި ގަޑިއަކު 19 މޭލާއި 24 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު، 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.
15 May 2023
ޚަބަރު
މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދަނީ
ފުލުހުން ވިދާޅުވީ، އިބްރާހިމް ޢަބްދުﷲ ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ކަމަށެވެ. އިބްރާހިމް ޢަބްދުﷲއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުނުްގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި އެމައުލޫމާތެއް ޙިއްޞާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ، އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.
15 May 2023
ޚަބަރު
ކުވައިތު ފަންޑުގެ އެހީގައި 7 ރަށެއްގައި އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ އެއްބަސްވުންތަކުގައި ސޮއެކޮށްފި
ހދ.ހަނިމާދޫ، އދ.މާމިގިލި، ވ.ފެލިދޫ އަދި ތ.ވިލުފުށީ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި ށ.މިލަންދޫ، ނ.ވެލިދޫ، ކ.ތުލުސްދޫ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑަށެވެ. ކުވައިތު ފަންޑުން މި 7 ހޮސްޕިޓަލްގެ މަޝްރޫއުތަކަށް 689.08 މިލިޔަން ރުފިޔާ ދެއްވާފައިވާއިރު، މި ހޮސްޕިޓަލްތައް އިމާރާތްކޮށް ނިންމުމަށް ކުންފުނިތަކަށް ދެއްވާފައި ވަނީ 540 ދުވަހުގެ މުއްދަތެވެ.
15 May 2023
ޚަބަރު
އާބަންކޯއިން ހުޅުމާލޭގައި ސްމާޓް ޕާކިން ޒޯނެއް ހަދައިފި
އެކުންފުނިން ބުނީ، ސްމާޓް މި ޕާކިންގ ޒޯނަކީ، އެއްމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ޕާކިންގ ޒޯނެއް ކަމަށެވެ. މިގޮތުން، ޕާކިންޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަރ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑްވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެ ކަމަށާއި، މިގޮތަށް ހުށިޔާރުކަމާ އެކީގައި އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެއްމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)، އަދި މެޝިން ލާރނިންގ (އެމް.އެލް) ބޭނުންކުރެވޭނެ ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ. މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެވޭނެ ކަމަށާއި، މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީ.ސީ.ޓީ.ވީ ކެމެރާ މެދުވެރިކޮށް މޮނިޓަރ ކުރެވޭނެކަމުގައިވެސް އާބަންކޯއިން ވަނީ ވިދާޅުވެފައެވެ.
15 May 2023
ޚަބަރު
ކޯވިޑް ޖެހޭ މީހުންގެ އަދަދު ދަށަށް ހިނގައްޖެ
އީޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން، މިމަހުގެ ފުރަތަމަ ކޮޅު ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެގެން ދިޔަ ނަމަވެސް މިހާރު ވަނީ ބަލިޖެހޭ މީހުންގެ އަދަދު ދަށްވާން ފަށާފައެވެ. މިގޮތުން މެއިމ މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 63 މީހުންނެވެ. އަދި މިހާރު އެނދުމަތިކޮށް ފަރުވާދެމުން ދަނީ 10 މީހުންނަށެވެ.
15 May 2023
ޚަބަރު
ގދ. ތިނަދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި
ގދ. ތިނަދޫގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓިން، ސެނޮކް ޓްރޭޑް ކޮމްބައިން (ޕްރައިވެޓް) ލިމިޓެޑްއާ ހަވާލުކުރައްވައިގެންނެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއެކޮށްފައި ވަނީ 2019 އޮކްޓޫބަރު މަހުގެ 13ވަނަ ދުވަހުގައެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ކުރިޔަށް ގެންދިޔަ މިމަޝްރޫޢުގެ އަގަކީ، 16.8 މިލިޔަން ރުފިޔާއެވެ.
14 May 2023
ޚަބަރު
ސަރަނގު އާދަމް މަނިކުވެސް ރައީސް ނަޝީދު ދޫކޮށްލައްވައި ރައީސް ޞާލިހްގެ ފަހަތްޕުޅަށް
ރައީސް ސޯލިޙަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ މިކަން ހާމަކޮށް، ސަރަނގު އާދަމް މަނިކާއިއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ރައީސް ޞާލިހަށް ތާއީދުކުރައްވައިގެން ތިއްބެވި ބައެއް ބޭފުޅުންނާއި އެކު މެންދުރުގެ ކެއުމަކަށް އިންސާފުކުރާ މަންޒަރު ފެންނަ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. ޖެނުއަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސަރަނގު އާދަމް މަނިކު ހުންނެވީ، ރައީސް ނަޝީދާއި އެއްކޮޅަށެވެ. އަދި ރައީސް ނަޝީދަށް އާދަމް މަނިކު ވަރަށް ބޮޑަށް ކެމްޕޭންވެސް ކޮށްދެއްވިއެވެ. އެހެން ނަމަވެސް އިންތިޚާބުން ރައީސް ނަޝީދު ބަލިވެވަޑައިގެންނެވުމަށްފަހުގައި ޕްރައިމަރީގެ ނަތީޖާ ޤަބޫލު ނުކުރައްވައި، އެމަނިކުފާނު އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން"ގެ ނަމުގައި އުފެއްދި ވަކިފެކްޝަންގައި އާދަމް މަނިކު ބައިވެރިވެވަޑައި ނުގެން ހުންނެވީ، ހިމޭނުންނެވެ.
14 May 2023
ޚަބަރު
ފޯކައިދޫ ޞިއްޙީމަރުކަޒާއި، ގއ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތްތައް ދެކުންފުންޏަކާއި ހަވާލުކޮށްފި