Advertisement

ޝެއިޙް އިލްޔާސް ޙުސެއިން --- ފޮޓޯ: ސޯޝަލް މީޑިއާ

21 Sep 2023
ޚަބަރު

ޝެއިޙް އިލްޔާސް ޙުސެއިންގެ އާދޭސް!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ކުޑަތަންވެފައިވާއިރު، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޙް އިލްޔާސް ޙުސެއިންގެ ޙާއްސަ މެސެޖެއް އަދާލަތު ޕާޓީން އާންމުކޮށްފިއެވެ.

މި މެސެޖުގައި ޝެއިޙް އިލްޔާސް އެންމެ ފުރަތަމަ ވެސް ނަސޭހަތްތެރިވެފައިވަނީ މާޒީއިން އިބުރަތް ހާސިލުކުރުމަށެވެ. އަދި މާޒީގެ ތެރެއަށް ފުންކޮށް ވިސްނައިލާއިރު ފެންނަންއޮތީ އަނިޔާވެރިކަމުގެ ހައްދުފަހަނަ އަޅާފައިވާ ދުވަސްތަކެއް ކަމަށާއި، ކުރިއަށް މި އޮތް އިންތިހާބުގައި އެއްފަރާތުން މި ތަމްސީލުކުރަނީ ބިރުވެރިކަން ކަމަށް ޝެއިޙް ފާހަގަ ކުރެއްވިއެވެ.

މި އިންތިޚާބުގައި ދެވެނަބުރަށް ދާއިރު އެއްފަރާތުން ތަމްސީލު މިކުރަނީ އެ ނާމާންކަމާއި އަނދިރިކަން، ބިރުވެރިކަމާ ނުތަނަވަސްކަން، އަނިޔާވެރިކަމާއި ހިތްދަތިކަން. އެއީ އެއްވެސް ހަމައެއްލަމައެއް ނެތި ދެބަސްވާ ކޮންމެ މީހަކު ޖަލައްލާ ބަންދުކޮށް ނުހައްގުން ބޮޑެތި އަނިޔާތައް ދިނުމާއި، ތޫނު ހަތިޔާރުން މަގުމަތީގައި މީހުންނަށް ހަމަލާދިނުމާއި، މީހުން މެރުމާއި މީހުން ގެއްލުވާލުން ފަދަކަންކަން އާންމުވެގެން ދިޔަ ދުވަސްވަރެއް.

އައްޝައިޙް އިލްޔާސް ޙުސެއިން

ޝެއިޙް އިލްޔާސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މާޒީގައި ދެން ފެނިގެން ގޮސްފައިވަނީ ގަސްދުގައި ރާވައިގެން ވިޔަފާރިތައް ބަނގުރޫޓުކޮށްލުމާއި ހަމައެއް ސަބަބެއް ނެތި މީހުން ވަޒީފާއިން ވަކިކުރުން އާންމުވި ނާމާން ބިރުވެރި ދުވަސްތަކެއްކަމަށެވެ. އަދި އެއީ ސަލާމަތީ ޚިދުމަތްތައް ސިޔާސީ ބޭނުމަށް ހަލަބޮލިކޮށް އެތަންތާނުގެ ނިޒާމު ގެއްލުވާލާ އެ މުއައްސަސާތަކާއި އެ މުއައްސަސާތަކަށް ނިސްބަތްވާ އެތައް ބައެއްގެ ގަދަރާއި ޝަރަފާއި ކަރާމާތް ނަގާލި ހިތި ދައުރެއް ކަމަށެވެ. މީގެ އިތުރުން ގައުމުގެ ދިފާޢަށް އެއްކޮށްފަ ހުންނަ ހަތިޔާރުވެސް ނުބެލެހެއްޓި ސިފައިންނާ ފުލުހުންގެ އިތުރަށް ފަނޑިޔާރުގެތަކާއި މިނިވަން މުއައްސަސާތަކަށްވެސް ހިތުހުރިގޮތެއް ހަދާލާ ދައުލަތުގެ ނިޒާމު މުޅިން ރޫޅާލި އަނިޔާވެރި ދުވަސްތަކެއް ގޮތަށް ޝެއިޙް ސިފަ ކުރެއްވިއެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މި ވެރިކަމަށް އިޝާރާތް ކުރައްވައި ޝެއިޙް އިލްޔާސް ވިދާޅުވީ ހިތްއެދޭ ހުރިހާކަމެއް ފުރިހަމަ ނުވިނަމަވެސް ވޭތުވެ ދިޔަ ފަސްއަހަރު އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ގައުމަށް ސުލްހަމަސަލަސްކަމާ ހަމަޖެހުން އައި ކަމަށެވެ.

ހިތްއެދޭ ހުރިހާކަމެއް ފުރިހަމަ ނުވިނަމަވެސް ވޭތުވެ ދިޔަ ފަސްއަހަރު އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ގައުމަށް އައި ސުލްހަމަސަލަސްކަމާ ހަމަޖެހުން އަޅުގަނޑުމެން އެންމެވެސް ދެކެފިން.

އައްޝައިޙް އިލްޔާސް ޙުސެއިން

މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، ޝެއިޙްގެ އިންޓަވިއު ނިންމާލައްވަމުން އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އެދުނީ މާޒީގެ އަނިޔާވެރިކަމަށް އެނބުރި ނުދިއުމަށެވެ.

"އަޅުގަނޑު އެންމެހާ ދިވެހި ލޮބުވެތި އަޚުންނާ އުޚުތުންގެ ކިބައިން އާދޭހާއެކު މި އެދޭ އެދުމަކީ ކުރީގެ މާޒީގެ އަނިޔާވެރި ބިރުވެރި ދުވަސްތައް އަލުން އިއާދަވާނެ ނިންމުމެއް މި ރިޔާސީ އިންތިޚާބުގައި ނުނިންމެވުން. އަދި ގޭގައި މަޑުނުކުރައްވާ ނިކުމެވަޑައިގެން ކުރީގެ ބިރުވެރި އަނިޔާވެރިކަން އަޔަނުދީ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ރައީސް އިބުރާހިމް މުހައްމަދު ސާލިހަށް ވޯޓުދެއްވުން."

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.