ޚަބަރު
15 Sep 2023
ޚަބަރު
ފާއިތުވި ފަސް ދުވަހު އިސްތިޙާރާ ކުރުމުންވެސް ޝެއިޙްގެ ހިތް ބުނީ އެއް ވާހަކައެއް
މި ސެޕްޓެމްބަރ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް އެންމެ ރަގަޅު ކެނޑިޑޭޓަކީ ކޮބައިތޯ ބެލުމަށް އެކި މީހުން މިނެ ކިރަނީ އެކި ގޮތްގޮތަށެވެ. އިސްލާމްދީނުގައި މިފަދަ ދަނޑިވަޅުތަކުގައި، ކަންތައްކުރާނެ ގޮތުގެ ޙައްލެއްގެ ގޮތުން އިސްތިޚާރާ ނަމާދު ޝަރުޢުކުރައްވާފައިވެއެވެ.
15 Sep 2023
ޚަބަރު
ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑަށް ލިބިދީފައި ވަނީ މިދައުރުގައި: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުންކަން ފާހަގަކުރައްވައި، ރާއްޖޭގައި، ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދެވިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވައި ލެއްވިއެވެ.
15 Sep 2023
ޚަބަރު
ޕީއެންސީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ކަމަށް ބަލައި ވަޒީފާތަކުން ކަނޑާނެ މީހުންގެ ލިސްޓް ހަދައި އިންޒާރުދޭން ފަށައިފި
އެސިޓީގައި ވަޒީފާއިން ކަނޑަށް ބޭނުންވާ މުވައްޒަފުންނާއި އަދި އެހެންތަންތަނަށް ވަޒީފާ ބަދަލުކުރުމަށް އެފަރާތްތަކުން ބޭނުންވާ މުވައްޒަފުންނާއި ގުޅޭ ގޮތުން ބުނެފައި ވަނީ، އެކަން ކުރަން ބޭނުންވަނީ އެ މުވައްޒަފުންނަކީ، ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ބަޔަކަށް ނުވާތީ ކަމަށެވެ.
15 Sep 2023
ޚަބަރު
ވޭމަންޑޫ އަދި މާވަށު ސްކޫލް ޢިމާރާތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ބަޔަކާއި ހަވާލުކޮށްފި
ތ. ވޭމަންޑޫ އަދި ލ.މާވަށު ސްކޫލަށް އަލަށް އިތުކުރާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތްކުރުމަށް ދެކުންފުންޏަކާ ހަވާލުކޮށްފިއެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްކޫލްތަކަށް ޖާގަ އިތުރުކޮށް، ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 1700 އަށްވުރެ ގިނަ ކްލާސްރޫމް ސްކޫލްތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
15 Sep 2023
ޚަބަރު
ސަމާލުވޭ، ސަރވޭއެއްގެ ނަމުގައި ދަރިވަރުންގެ އައިޑީކާޑު ހޯދަނީ!
ސާވޭއެއް ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
15 Sep 2023
ޚަބަރު
މާފުށިން ގޯތި ލިބުނު މީހުންނަށް ގޯތި ލިބޭ ތަން ކަނޑައެޅުން ބުރާސްފަތި ދުވަހު
ކ.މާފުށިން ގޯތި ލިބޭ ފަރާތްތަކަށް، ގޯތި ލިބޭ ތަން ކަނޑައެޅުމަށް ބާއްވާ ގުރުއަތު ނެގުން އަންނަ ބުރާސްފަތިދުވަހު ބޭއްވުމަށް ނިންމަވައިފިއެވެ. ކ.މާފުށިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް ވަނީ މިމަހުގެ 7 ވަނަ ދުވަހު ގެޒެޓްކޮށްފައެވެ. މި ލިސްޓުގައިވާ ގޮތުން 308 ގޯތި ދޫކުރާނެއެވެ.
15 Sep 2023
ޚަބަރު
ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު 408 ޒުވާނުންނަށް މުޅިން އަލަށް ލިބެއެވެ. އެއީ ސެޕްޓެންބަރު 30 ގެ ކުރިން 18 އަހަރު ފުރޭ 196 އަންހެނުންނާއި، 212 ފިރިހެނުންނެވެ.
15 Sep 2023
ޚަބަރު
ސަރުކާރުން ރާވައިގެން ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބުނެ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފި
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ދިވެހި ސަރުކާރުން ރާވައިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކަށާއި ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އެ މައުލޫމާތު ފުލުހުންނަށްވެސް ލިބިފައިވާކަމަށް ބުނެ ސޯޝަލް މީޑިޔާއާއި އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ.
14 Sep 2023
ޚަބަރު
ފުރަތަމަ ބުރުގައި ލޮލަށް ނުފެންނަ 45 މީހަކު ޓެންޕްލޭޓް ބޭނުންކޮށްގެން ވޯޓު ލި
ލޯފަން މީހުންނަށް ވޯޓުލުމަށް ހާއްސަކޮށްފައިވާ ޓެންޕްލޭޓް ބޭނުންކޮށްގެން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 45 މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފި އެވެ. އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާ އެކު މި އިންތިހާބުގައި ވޯޓު ލެވޭ އިންތިޒާމް ހަމަޖައްސާފައި ވާތީ ބައިނަލްއަގްވާމީ އޮބްޒާވަރުން ވެސް ވަނީ އީސީއަށް ތައުރީފްކޮށްފަ އެވެ.
14 Sep 2023
ޚަބަރު
ޓެކްސީ ކުރާ ފަރާތްތަކަށް ކާރު ގަތުމަށް ޙާއްސަ ލޯނެއް އެސްޑީއެފްސީން ތައާރަފްކޮށްފި
ޓެކްސީ ދުއްވަން ކާރު ގަންނަން ހާއްސަ 'ޓެކްސީ ނަފާ ލޯނު' އެސްޑީއެފްސީން ތައާރަފުކޮށްފި އެވެ. މި ލޯނުގެ ދަށުން ޓެކްސީ ގަންނަން ތިން ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. އެގޮތުން މިހާރު ޓެކްސީ ދުއްވާ މީހުންނާއި އަލަށް ޓެކްސީ ކުރަން ނިކުންނަން ބޭނުންވާ މީހުންނަށް ވެސް މި ލޯނަށް އެދެވޭނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.
14 Sep 2023
ޚަބަރު
އެމިރޭޓްސްގެ ކަސްޓަމަރުންނަށް މޯލްޑިވިއަންގެ ފްލައިޓްތަކުގައި 16 މަންޒިލަކަށް ދަތުރުކުރެވޭނެ
އެމިރޭޓްސްގެ ކަސްޓަމަރުންނަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. މިގޮތައް ހަމަޖައްސާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއާއި އެމިރޭޓްސް އެއާލައިންއާ ދެމެދު މިދިޔަ އަހަރު ވެފައިވާ އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގައި ވާގޮތުގެ މަތިން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.
14 Sep 2023
ޚަބަރު
ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ރައީސް ހެޔޮބަދަލެއް ގެންނަވައިފި
ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ފަރާތުން ކަންބޮޑުވުންތަކެއް ރައީސަށް ހުށައަޅާފައިވާކަމަށެވެ. އޭގެ އިތުރުން, ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑާއި ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ވެސް މައްސަލަތަކެއް ހުށަހެޅިކަމަށް އޭނާ ވިދާޅުވިއެވެ.
13 Sep 2023
ޚަބަރު
އުއްމީދީ ޑޯ-ޓު-ޑޯ ހަރަކާތަކަށްފަހު މެޑަމް ފަޒްނާ ގެއަށް ވަޑައިގެންނެވިފަހުން އުފާވެރި މެސެޖެއް
މެޑަމް ފަޒްނާ މިއަދުގެ ތަޖުރިބާއާ ގުޅޭގޮތުން ދެން ވިދާޅުވީ، ގެއަށް ވަޑައިގެން ފޯނު ބަލާލެއްވުމުން ވަރަށް އުފާވެރި މެސެޖެއް ލިބިލެއްވި ކަމަށާއި، އެ މެސެޖާމެދު އުފާވީ، އެއީ ކޮންމެހެން ޕީ.ޕީ.އެމް މީހެއްގެ މެސެޖަށް ވެގެން ނޫންކަމަށާއި އެފަރާތުން މިސަރުކާރު ދަމަހައްޓަށް ބޭނުންވާ ސަބަބެއްގެ ގޮތުގައި މެންޓަލް ހެލްތާއި އިޖްތިމާއީ ސިޔާސަތުތަކަށް ދޭ އަހައްމިއްޔަތު ފާހަގަކޮށްފައި ވާތީއެވެ.
13 Sep 2023
ޚަބަރު
ލ. ކަލައިދޫ އާއި ދަނބިދޫގެ ކޯޒްވޭ އަޅަން އެމްޓީސީސީން ތައްޔާރުވެއްޖެ
ލ. ކަލައިދޫ އާއި އެ އަތޮޅު ދަނބިދޫ ގުޅައިލާ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.
13 Sep 2023
ޚަބަރު
މައްސަލަތަކެއް އުޅޭތީ ބޭހަކާއިމެދު ސަމާލުވުމަށް އިލްތިމާސްކޮށްފި
މައްސަލަތަކެއް ފާހަގަކުރެވިފައިވާ ބޭހަކާއިމެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮރޯރިޓީ އެމްއެފްޑީއޭއިން އިލްތިމާސްކޮށްފިއެވެ. މި ބޭހަކީ "ޑެފިޓެލިއޯ"ގެ ބެޗްތަކެކެވެ.
13 Sep 2023
ޚަބަރު
އޮގަސްޓް މަހު މީރާއަށް 1.60 ބިލިއަން ރުފިޔާގެ އާމްދަނީއެއް
މިއަހަރުގެ އޮގަސްޓު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް 1.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު %21.0 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓްމަހު މީރާއަށް ލިބުނު އާމްދަނީއަށްވުރެ މިއަހަރުގެ އޮގަސްޓްމަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވިނަމަވެސް އޮގަސްޓު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބިފައިވާ އާމްދަނީ ވަނީ %7.7 ދަށްވެފައެވެ.