Advertisement

16 Sep 2023
ޚަބަރު

ނުފޫޒުން ފްލެޓްތައް ބަހާލި ބަޔަކު ރައްޔިތުންނަށް އަދުލުވެރިވާނެކަމަށް ބެލުމަކީ މޮޔަކަމެއް: ނިޔާޒް

ކުރީ ސަރުކާރުން ދޫކުރި ސޯޝަލް ހައުސިން ފްލެޓުތައް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ގާތް މީހުންނަށް ބަހައިލި މީހަކު ރައްޔިތުންނާ މެދު އަދުލުވެރިވާނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށް ވިދާޅުވެ ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމް އިދިކޮޅު ފަރާތްތަކަށް ނުސީދާ ހަމަލާއެއް ދެއްވައިފި އެވެ.

ނިޔާޒް ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭރު މަގާމްގެ ގޮތުން ދައުލަތުގެ އެއްވެސް ހައިސިއްޔަތެއް ނެތް މީހަކު މުޅި ދައުލަތުގެ ނިޒާމްތައް ހަރާބު ކުރަން ފުރުސަތު ދިން ކަމަށެވެ. އަދި ނުފޫޒު ބޭނުންކުރި މީހާ ބުނި ގޮތަށް، ނިކަމެތި ރައްޔިތުންނަށް ނުދީ އޭނާގެ އަރިސް މީހުންނަށް ސޯޝަލް ހައުސިން ފްލެޓުތައް ބަހާލީ ކަމަށް ތުހުމަތުކުރައްވާފައިވެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ވާހަކަތައް ފެންމަތިކުރުމާ އެކު އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމްގެ މަގާމު އޭރު ވަނީ ގެއްލިފައެވެ.

ނިޔާޒް ވިދާޅުވީ އެފަދަ މީހެއް ނުވަތަ ބަޔަކު ރައްޔިތުންނާ ދޭތެރޭ އަދުލު އިންސާފުވެރިވާނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ވަކި ފްލެޓު ލިސްޓެއް ގެންގުޅުއްވި ކަމަށާއި ފްލެޓް ދިނުމުގައި އޭރުގެ ރައީސްގެ އަނބިކަނބަލުންގެ ނުފޫޒު އޮތް ކަމަށް އޭރު އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

މި ތުހުމަތު ތަކުރާރުކޮށް ދޮގުކުރި ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ވަކި ކޮމިޓީއެއް އެކުލަވާލައި ކުރީ ސަރުކާރުން ހިޔާ ފްލެޓް ލިބިފައި ހުރި ގިނަ ބައެއްގެ ނަން އުނިކޮށް އަލުން ލިސްޓު އެކުލަވައިލިއެވެ.

ނިޔާޒްގެ ސޯޝަލް މީޑިއާ ޕޯސްޓާ އެކު އިދިކޮޅު ފަރާތްތަކުން ގެންދަނީ އޭނާއަށް ސޯޝަލް މީޑިއާގައި ރައްދު ދެމުންނެވެ. ނިޔާޒަށް ވެސް ކޮރަޕްޝަންގެ ތުހުމަތުކޮށް ބައެއް މީހުން ޕޯސްޓްތައްކޮށް، އޭނާގެ ވިޔަފާރިތައް ރެއިޑްކުރާނެކަމުގެ އިންޒާރު ވެސް ދީފައި ހުއްޓެވެ. ރައްދުގައި ނިޔާޒް ވިދާޅުވެފައި ވަނީ އެ ފެންނަނީ "އެ މީހުންގެ އަސްލު ސިފަ" ކަމަށާއި ބިރު ދެއްކިޔަސް ޖެހިލުމެއް ނުވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.