Advertisement

14 Sep 2023
ޚަބަރު

ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ރައީސް ހެޔޮބަދަލެއް ގެންނަވައިފި

ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރެއްވުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ފަރާތުން ކަންބޮޑުވުންތަކެއް ރައީސަށް ހުށައަޅާފައިވާކަމަށެވެ. އޭގެ އިތުރުން, ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑާއި ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ވެސް މައްސަލަތަކެއް ހުށަހެޅިކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ބަދަލުތައް ގެންނަވަން ރައީސް ނިންމެވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމަނިކުފާނަށް ގަބޫލު ކުރެއްވޭތީ އެ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހުކަމަށް މިއުވާން ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މުސާރަތަކަށް ބަދަލުތައް ގެނައިއިރު މެޑިކަލް އޮފިސަރުންނަށް އެޓެންޑެންސް އެލަވަންސް ނުލިބޭ ގޮތަށް އޮތް އޮތުން ވަނީ ބަދަލުކޮށްފަ އެވެ.

އެގޮތުން 1 މެއި 2023 ގައި ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭގޮތަށް އޮތްއޮތުން ބަދަލުކޮށް، ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރެއްވުމަށްފަހު، މެޑިކަލް އޮފިސަރުންނަށް މި އެލަވަންސް ލިބޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާގުޅިގެން އައި.ޖީ.އެމް.އެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަން ދިރާސާކުރެއްވުމާއެކު ސިވިލް ސަރވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލަތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ހައްލު ހޯއްދަވައިދެއްވާފައިވާކަމަށް މިޢްވާން ވިދާޅުވިއެވެ.

އެގޮތުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ނަރުހުންނަށް އެޓެންޑަންސް އެލަވަންސް ލިބޭނެގޮތް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިދެއްވާފައެވެ. އަދި ޞިއްޙީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށްވެސް ވަނީ ނިންމަވާފައެވެ. ހަމައެހެންމެ މަސައްކަތުގެ ތަޖުރިބާއަށް ބަލާ އައު އޮނިގަނޑުގެ ދަށުން މަޤާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަޤާމު ދަށްނުކޮށް ކުރިން ތިބި މަޤާމުގައި ބޭތިއްބުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.  

ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑާގުޅޭގޮތުން ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 ބޭފުޅުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދިރާސާކުރައްވާ، މިކަމާގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި ވަނީ މަޝްވަރާކުރައްވާފައެވެ.

މަޝްވަރާއަށްފަހު ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑުގެ 7 ވަނަ މާއްދާގެ (ހ) ގައި އެއްވެސް މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވޯރކަށް ހިޖުރަކުރާ ތާރީޚުން ފެށިގެން ގިނަވެގެން 18 މަސް ދުވަސްތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތް ދޭންޖެހޭނަމަ އެ މުވައްޒަފަކަށް ލިބޭނެ ޢިނާޔަތް އިޙްތިޔާރުކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ބަޔާންކޮށްފައިވާތީ، އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024 ގެ ޖަނަވަރީގެ ނިޔަލަށް އިތުރުކޮށްދެއްވުމަށް ރައީސް ޞާލިޙު ވަނީ ނިންމަވާފައެވެ.  

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިސަރުކާރުގައި، ތަޢުލީމީ ދާއިރާގެ މުވައްޒަފުންނާއި ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ވަނީ މުސާރަތައް ބޮޑުކޮށްދެއްވާފައެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަވެސް %40 ބޮޑު ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިޢުލާނު ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.