Advertisement

ޕީއެންސީގެ ބައްދަލުވުމެއްގެ ތެރެއިން ---

15 Sep 2023
ޚަބަރު

ޕީއެންސީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ކަމަށް ބަލައި ވަޒީފާތަކުން ކަނޑާނެ މީހުންގެ ލިސްޓް ހަދައި އިންޒާރުދޭން ފަށައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުންވެސް ނުބާއްވަނީސް އިންތިޚާބު ކާމިޔާބުވެއްޖެކަމަށް ބަލައިގެން، ސަރުކާރުގެ މަޤާމުތަކުންނާއި އެސްއޯއީތަކުން ވަކިކުރާނެ މުވައްޒަފުންނާއި، ޖަލަށްލާނެ ފަރާތްތައް ކަނޑައަޅައި، ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ލިސްޓްތައް ހަދައި މީހުންނަށް އިންޒާރުދޭން ފަށައިފިއެވެ.

މިގޮތުން، ހއ. ބާރަށު ސްކޫލުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް، އެސްކޫލުގެ ވަޒީފާތަކުން މީހުން ކެނޑުމަށާއި މަޤާމުތަކަށް ބަދަލު ގެންނަން ބޭނުންވާ ގޮތް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ހުށައަޅައި ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.  

ހއ. ބާރަށު ސްކޫލްގެ މުވައްޒަފުންތަކަކާއި ގުޅޭގޮތުން ލީކުވެފައިވާ ސިޓީ

އެސިޓީގައި ވަޒީފާއިން ކަނޑަށް ބޭނުންވާ މުވައްޒަފުންނާއި އަދި އެހެންތަންތަނަށް ވަޒީފާ ބަދަލުކުރުމަށް އެފަރާތްތަކުން ބޭނުންވާ މުވައްޒަފުންނާއި ގުޅޭ ގޮތުން ބުނެފައި ވަނީ، އެކަން ކުރަން ބޭނުންވަނީ އެ މުވައްޒަފުންނަކީ، ޕީޕީއެމް/ޕީއެންސީއަށް ތާއީދުކުރާ ބަޔަކަށް ނުވާތީ ކަމަށެވެ.

މީގެ އިތުރުންވެސް އިތުރު ލިސްޓްތައް ހަދައި، ޕީޕީއެމް/ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޓީމަށް ހުށައަޅަމުންނެވެ.

މީގެ އިތުރުން ސަރުކާރުގެ އެސްއޯއީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަރުގެ އިންޒާރު ދިނުމާއި، އަދި ނޫސްވެރިންނާއި ނޫސްތަކުގެ މަސްޢޫލުވެރިންޖަަަލަށް ލާނެކަމަށް ބުނެވެސް ޕީއެންސީގެ ސަޕޯޓަރުން އަންނަނީ އިންޒާރުގެ މެސެޖްތައް ފޮނުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.