ޚަބަރު
ޚަބަރު
25 Apr 2023
ޚަބަރު
ހުސްވި މަހުވެސް 3 ކުޑަކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި
އެމިނިސްޓްރީ ހާމަކޮށްފައިވާ ތަފާސް ހިސާބުގައި ވާގޮތުން، ހުސްވި މާރިޗު މަހު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި ވަނީ، 2 ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. އަދި ހުސްވި މަހު، 2 ކުޑަކުދިންގެ ޤާނޫނީ ބަލަދުވެރިކަން އެހެން ފަރާތްތަކާއި ހަވާލުކޮށް ކުދިން އެއާއިލާތަކާއި ހަވާލުކޮށްފައި ވެއެވެ. އޭގެ އިތުރުން އިތުރު ކުއްޖަކު އަލުން އާއިލާގެ މީހުންނާއި އެކު ދިރިއުޅުމަށް ފޮނުވިފައިވެއެވެ. ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މާރިޗުމަސް ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި، 186 ކުދިން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ، 107 ފިރިހެން ކުދިންނާއި 106 އަންހެން ކުދިންނެވެ.
25 Apr 2023
ޚަބަރު
މާލެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 800 ޓަނުގެ ކުނީގެ %12އަކީ ޕްލާސްޓިކް ކުނި: މިނިސްޓަރ
މިނިސްޓަރ ޝައުނާ ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގައި އުކާލެވޭ ސިންގަލް ޔޫސް ޕްލާސްޓީކް ކުނީގެ 13 ބާވަތެއް މުޅިން ނައްތާލުމަށް ކަމަށެވެ. މިގިތުން މިހާރު ކުރިޔަށޤދަނީ، ރާއްޖޭގައި ސިންގަލް ޔޫސްޕްލާސްޓިކް އުފެއްދުމާއި ބޭނުން ކުރުމާއި އެތެރެކުރުން މަނާކުރުމުގެ ފުރަތަމަ މަރުޙަލާކަމުގައި މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
25 Apr 2023
ޚަބަރު
އީޕީއޭ މިނިވަންކަމާއި އެކު ހިންގުމަށް އެތަނަށް އިތުރު ވަޞީލަތްތަކާއި ޓެކްނިކަލް އެހީތެރިކަން ބޭނުންވޭ: މިނިސްޓަރ ޝައުނާ
25 Apr 2023
ޚަބަރު
މިއަދު މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް އޮތީ މެމްބަރު ޖާބިރުގެ ނަން އިއްވައި ތަޅުމުން ބޭރުކުރުން
ޖާބިރު ކޯފާވެގެން އުޅުއްވީ ކޮންކަމަކާ ކަމެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އެހެން ދުވަސް ދުވަހާއި ޚިލާފަށް ޖާބިރު ހުންނެވީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާފައެވެ. އާއްމު ގޮތެއްގައިވެސް މެމްބަރު ޖާބިރަކީ މިހާރު މަޖިލީހުގެ އިދާރީ ނިޒާމަށް ހުރަސް އަޅުއްވައި ވާހަކަފުޅު ދައްކަވައެވެ. މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދު މެމްބަރު ޖާބިރުގެ ނަން އިއްވުމަށްފަހު، ތަޅުމުން ބޭރަށް ނުކުންނެވުމަށް އަންގަވާފައެވެ. އަދި އެމަނިކުފާނު ނުކުންނަވަންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލީހުގެ ޖަލްސާ މެދު ކަނޑުއްވާލައްވާފައެވެ. އަލުން ޖަލްސާ ފެއްޓެވީ ޖާބިރު މަޖިލީހުގެ ތަޅުމުން ނެރުއްވުމަށް ފަހުގައެވެ.
24 Apr 2023
ވިޔަފާރި
ވެމްކޯއިން ފޯރުކޮށްދޭ ބިންލައިނަރ ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
24 Apr 2023
ޚަބަރު
ބޭނުން ވަނީ ތިންރަށުގެ ރައްޔިތުންގެ ތަރައްޤީގެ އުއްމީދުތައް ޙާޞިލްކޮށްދޭން: ޝާޒް
24 Apr 2023
ޚަބަރު
ގަދަ ހޫނަށް ފަހު ބޯ ވިއްސާރަ އާއި ވިދައިގުގުރުން
24 Apr 2023
ޚަބަރު
މާލެ ސަރައްދުގައި އެއްދުވަހަަކަށް އެންމެ ގިނައިން ކަރަންޓް ބޭނުން ކުރީ މިއަދު: ސްޓެލްކޯ
ސްޓެލްކޯއިން ވިދާޅުވީ، މިއީ މިހާތަނަށް އެންމެ ގިނައިން ކަރަންޓް ބޭނުން ކުރެވުނު ކަމަށް ރިކޯޑް ކުރެވުނު ދުވަސް ކަމަށެވެ. އޭގެ ކުރިން އެންމެ ގިނައިން ކަރަންޓް ބޭނުން ކުރި ކަމަށް ރެކޯޑް ކުރެވުނީ، މިމަހުގެ 11 ވަނަ ދުވަހުއެވެ. އެދުވަހު ޕީކްލޯޑް 92.5 ސްޓެލްކޯއިން ވިދާޅުވީ، މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރެވޭ އާއްމު ނިސްބަތް މަތިވަމުންދާ ކަމަށެވެ. އެހެންވެ ކަރަންޓް އިޤުތިޞާދު ކުރުމަށާއި، އޭސީ ފަދަ ފިނިކުރާ އާލާތްތައް 25 ޑިގްރީއަށް ވުރެ ދަށް ނުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރެއެވެ.
24 Apr 2023
ޚަބަރު
ކުނިއެޅުމަށް ޚާއްސަ ކޮތަޅު ވެމްކޯއިން ބުރަސްފަތި ދުވަހުންފެށިގެން ވިއްކަން ފަށަނީ
ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ވިއްކާނީ، 17*11, 27*18, 48*36 އިންޗީގެ ކޮތަޅެވެ. ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދުކޮށް، އެހެނިހެން ބާވަތްތަކުގެ ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
23 Apr 2023
ޚަބަރު
ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޖިންސީ ގޯނާގެ އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 23:02 ހާއިރުގައި ކަމަށެވެ. އަދި މިމައްސަލައިގައި މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މިދެމީހުންވެސް ހައްޔަރުކޮށްފައި ވަނީ މިރޭގައެވެ.
22 Apr 2023
ޚަބަރު
ގަރލްގައިޑުން މިއަދު އީދު ފާހަގަކުރީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި
މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުންގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ މިހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙުމަދު ވަނީ، މަރުކަޒުގައި ތިއްބެވި ފަރާތްތަކާއި ބައްދަލުކުރައްވައި، އެފަރާތްތަކާއެކު އީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ ތެރޭގައި އީދު ހަދިޔާ ބަދަލުކުރުމާއި އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވުން ހިމެނެއެވެ. އަދި އެ ފަރާތްތަކާއެކު އީދުގެ އެކި ކަހަލަ ކުޅިވަރުތަކުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.
22 Apr 2023
ޚަބަރު
މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރި މިންވަރު ރެކޯޑް އަދަދަކަށް މަތިވެއްޖެ
ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، މިހާތަނަށް މާލެ ސަރަހައްދުގައި ކަރަންޓް ބޭނުން ކުރި މިންވަރު އެންމެ މައްޗަށް ގޮސްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެދުވަހު މާލެ ސަރަހައްދުގައި ކަރަންޓް ބޭނުން ކުރި މިންވަރު، 92.5 މެގަވޮޓްއަށް އެރިއެވެ.
22 Apr 2023
ޚަބަރު
ރާއްޖޭގައި އިހްސާސް ކުރެވޭ ފިނިހޫނުމިން މިއަދު 40 ޑިގްރީއަށް މަތިވެއްޖެ
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން، މިއަދުގެ 11:00ގައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ވަނީ އިހްސާސްކުރެވޭ ފިނި ހޫނުމިން 40.4 ޑިގްރީ ސެލްސިއަށްއަށް ވުރެ މަތިވެފައެވެ. އެއީ، ހދ. ހަނިމާދޫ އަށާއި، ލ ކައްދޫއަށެވެ. އަދި އެނޫން ސަރަހައްދުތަކަށްވެސް އިހްސާސްކުރެވޭ ފިނި ހޫނުމިން ހުރީ 39 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.
22 Apr 2023
ޚަބަރު
އެންމެ އަމާން ހަމަޖެހޭ 4 އަހަރަކީ މިއީ: މާރިޔާ
އިއްޔެ ފާހަގަކުރި 131 ވަނަ ދިވެހި ސިފައިންގެ ދުވަހުގެ މުނާސަބާގައި މިނިސްޓަރ މާރިޔާ ދެއްވި ޚިޠާބުގައި ވިދާޅުވީ، ރާއްޖޭގައި މަލްޓި ޕާޓީ ނިޒާމުން 2008 ގައި ވެރިކަން ކުރަން ފަށައި މިހާތަނަށް ރާއްޖެ ދެކެފައވާ އެންމެ އަމާން ހަމަޖެހޭ ދުވަސްވަރަކީ، މިސަރުކާރުގެ މި ފާއިތުވި 4 އަހަރު ކަމަށެވެ. އަދި މިސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީ އާއެކު އަސްކަރިއްޔާވެސް ޒަމާނާއި އެއްގޮތަށް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވާކަމުގައިވެސް ޑިފެންސް މިނިސްޓަރ މާރިޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
22 Apr 2023
ޚަބަރު
ފިޠުރު ޒަކާތުގެ ގޮތުގައި 9 މިލިޔަން ރުފިޔާ ބަހައިފި
މިނިސްޓްރި އޮފް އިސްލާމިކް އެފެއަރޒްއިން ހާމަކުރައްވާފައިވާ ގޮތުގައި، ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 8446 (އަށްހާސް ހަތަރުސަތޭކަ ސާޅީސް ހައެއް) މީހުންގެ ތެރެއިން، މާލެ ސިޓީން1736 ( އެއްހާސް ހަތްސަތޭކަ ތިރީސް ހައެއް) މީހުންނަށް، ބޮލަކަށް 3450 ( ތިންހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން ވަނީ 20 އެޕްރިލް 2023ގައި ޒަކާތު ފައިސާ ޖަމާކޮށްދީފައެވެ.
21 Apr 2023
ޚަބަރު
ދިވެހި ސިފައިންނަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ފަޚުރުވެރި ޚިދުމަތުގަައި ދެމި ތިބޭ ބައެއް.: ރައީސުލްޖުމްހޫރިއްޔާ
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، 131 ވަނަ ދިވެހި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ޑިފެންސަށާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ހުރިހާ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓްވީޓްގައެވެ.