Advertisement

13 Sep 2023
ޚަބަރު

މައްސަލަތަކެއް އުޅޭތީ ބޭހަކާއިމެދު ސަމާލުވުމަށް އިލްތިމާސްކޮށްފި

މައްސަލަތަކެއް ފާހަގަކުރެވިފައިވާ ބޭހަކާއިމެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮރޯރިޓީ އެމްއެފްޑީއޭއިން އިލްތިމާސްކޮށްފިއެވެ. މި ބޭހަކީ "ޑެފިޓެލިއޯ"ގެ ބެޗްތަކެކެވެ. 

އެމްއެފްޑީއޭއިން ވިދާޅުވީ، "ޑެފިޓެލިއޯ"ގެ ބެޗްތަކެއް ތުރުކިޔޭ އަދި އިންޑިއާގައި ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އެދޭކަމަށެވެ. އެ ބޭހުގައި މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވިނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

މައްސަލަ ޖެހިފައިވާ މިބޭހުގެ ބެޗްތަކެއް މީގެކުރިންވެސްވަނީ، ޔޫއޭއީއާއި ކިރްގިސްތާނުން ފެނިގެން އެކަން ޑަބްލިއުއެޗްއޯއިން ޤައުމުތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ މިބޭހަކީ ރާއްޖޭގައި ވިއްކުމުގެ ހުއްދަ ދީފައިވާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫންކަމަށެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރައްވާ ފަރާތްތަކުން ބޭސްފަރުގެ ބޭނުމަށް މިބޭސް ބޭނުންކުރާނަމަ އަދި ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާނަމަވެސް ބޭހާއި މެދު ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރައްވައެވެ.

ރާއްޖެއަށް އެތެރެކުރާ ބޭސްތަކާއި މެދު ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގެ ޕޯޓުތަކުން އެތެރެކުރާ ބޭސްތައް ޚާއްސަ ސަމާލުކަމެއް ދީގެން ބަލައި ޗެކްކުރަމުންދާނެކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.