Advertisement

12 Sep 2023
ޚަބަރު

ކުޅުދުއްފުށި ހޮސްޕިޓަލްގައި ލެޕްރޮސްކޯޕިކް ސާޖަރީގެ ހިދުމަތް ފަށައިފި

ލެޕްރޮސްކޯޕިކް ސާޖަރީއާއި، އެޑްވާންސް ވުންޑްކެއަރ އައުޓްރީޗް ޕްރޮގްރާމްގެ އިތުރު ބުރެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަށައިފިއެވެ. އެހޮސްޕިޓަލުގައި އެންމެ ފުރަތަމަ ލެޕްރޮސްކޯޕިކް ސަރޖަރީގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މި އައުޓްރީޗް ޕްރޮގްރާމްގެދަށުން އެހޮސްޕިޓަލުގައި އަނެއްކާވެސް އިތުރު ސަޖަރީތަކެއް އަންނަނީ ކުރަމުންނެވެ. އާދިއްތައިން އަންގާރަ ދުވަހާއިހަމައަށް ސާރޖަރީތައް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ ސަރޖަރީއެއްގެ ގޮތުން މިބުރުކޮށްފައިވަނީ ލެޕްރޮސްކޯޕިކް ހާނިއާ އޮޕަރޭޝަނެކެވެ. މިއީ އެހިސްޕިޓަލުގައި ކުރެވުނު މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސަރޖަރީތައް ލީޑުކުރައްވާފައިވަނީ ތަޖުރިބާކާރު ލެޕްރޮސްކޯޕިކް ސާރޖަން، ހެޑް އޮފް ޖެނެރަލް ސާރޖަރީ ޑިޕާރޓްމެންޓް، ސީނިޔަރ ކޮންސަލްޓަންޓް ސާރޖަރީ، ޑރ. އަބްދުﷲ ޢުބައިދުކަމަށް ކޭއާރްއެޗްއިން ވިދާޅުވެއެވެ. މީގެއިތުރުން އައި.ޖީ.އެމް.އެޗްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރ އަދި ހެޑް އޮފް ސާރޖަރީ ޑިޕާރޓްމެންޓް، ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް، ޑރ. މުޙައްމަދު ވަޙީދާއި، އައި.ޖީ.އެމް.އެޗާއި، ކޭ.އާރު.އެޗުގެ ޑަކްޓަރުންނާއި ނަރުހުންގެ ޓީމަކުން ބައިވެރިވާކަމަށް ކޭއާރްއެޗުން މަޢުލޫމާތުދެއްވައެވެ.

މި ސަރުކާރުން ވަނީ މާލެއަށް އައިސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި އަތޮޅުތެރޭގައި ހުރި ރީޖަނަލް ހޮސްޕިޓަލްތަކުން ސަރޖަރީއަށް ރިފަރކުރާ ބަލިމީހުންނަށް ބޭނުންވާ ސަރޖަރީތައް ރަށުގައި ތިބެގެން ކުރެވޭނެ މަގު ފަހިކޮށްދީފައެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކުގައި، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އެހީތެރިކަމާއެކު ކުޑަ ތަންކޮޅެއް ކަފާލައިގެން، ކުރާ ލެޕްރޮސްކޯޕިކް ސާޖަރީގެ އިތުރުން އެޑްވާންސް ވުންޑްކެއަރގެ ޚިދުމަތް ނުވަތަ ދިގުމުއްދަތަށް ރަނގަޅުނުވެ ހަށިގަނޑިގައި ހުންނަ ފާރުގަނޑު ރަނގަޅުކުރުމަށް ދޭ ފަރުވާ އަންނަނީ ދެމުންނެވެ. މިގޮތުން މިޚިދުމަތް ފަށާފައިވާ އެއް ހޮސްޕިޓަލަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.