Advertisement

11 Sep 2023
ޚަބަރު

ހއ ދިއްދޫ އަދި ގއ ވިލިނގިލި ރޯހައުސްއަށް ކުރިމަތިލާން ހުޅުވަލައިފި

ސަރުކާރުން ހއ. ދިއްދުއާއި ގއ. ވިލިނގިލީގައި ޢިމާރާތްކުރާ ރޯހައުސްތަކަށް ކުރިމަތިލާން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވާލައްވައިފިއެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދިއްދޫގައި 75 ރޯހައުސް އަދި ވިލިނގިލީގައި 50 ރޯހައުސް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި 2 ރަށުގައި ތަރައްޤީކުރާ ރޯހައުސްތަކަށް ކުރިމަތިލުމަށް އަންނަމަހުގެ 7 ވަނަ ދުވަހާއި ހަމައަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. މި ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށެވެ. އެހެންކަމުން www.gedhoruverin.gov.mv އަށް ލޮގިންގ ކުރައްވައި ފޯމު ހުށައެޅުއްވޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ދިއްދޫގައި ތަރައްޤީކުރާ 75 ރޯހައުސްގެ ތެރެއިން 72 ރޯހައުސް ޚާއްސަކޮށްފައިވަނީ ދިއްދޫގެ ރައްޔިތުންނަށެވެ. އަދި 2 ރޯހައުސްއެއް ޚާއްސަކޮށްފައިވަނީ ދިއްދުއިން ބޯހިޔާވަހިކަމަށް އެދެން ބޭނުންވާ އެހެނިހެން ރަށްރަށުގެ މީހުންނަށެވެ. ވިލިނގިލީގެ 50 ރޯހައުސްއަކީ ހަމައެކަނި އެރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ ރޯހައުސްތަކެކެވެ.

މި 2 މަޝްރޫޢުވެސް ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.

  ދިއްދޫ ރޯހައުސްތަކުގެ މަޝްރޫޢަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. އަދި ވިލިނގިލީ ރޯހައުސްތަކުގެ މަސައްކަތަށް 48 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.