Advertisement

12 Sep 2023
ޚަބަރު

މޮރީޝަސްއަށް ފޮނުވި ސިޓީގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ވާހަކައެއް ނެތް!

ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ދޫކޮށްލައްވަން ދިވެހި ސަރުކާރުން އެއްބަސްވެފައިވާކަމަށް ބުނެ މިހާތަނަށް ފަތުރަމުންދިޔައީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަން ހާމަވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ ބޯޑަރު ވަކިކުރުމުގެ މައްސަލަ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި ކުރިއަށްދަނިކޮށް، ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ދޫކޮށްލައްވަން ސަރުކާރުން ނިންމެވިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ތަފާތު ވާހަކަތައް ފަތުރާފައެވެ. 

މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާއްމުކުރައްވާފައި ނުވާކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދިޔައީ ސަރުކާރުން ރާއްޖެ ވިއްކާލާފައިވާކަމަށް ބުނެ ބޮޑު ތުހުމަތުތަކެއް ކުރަމުންނެވެ. ނަމަވެސް މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސާލިހު ފޮނުއްވި ސިޓީ ސޯޝަލް މީޑިއާގައި މިހާރު ލީކުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ގުޅުވައިގެން ދައްކަމުންދިޔައީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަން އެ ސިޓީން ހާމަވެއެވެ. ސޯޝަލް މީޑިއާގައި ލީކުވެފައިވާ ސިޓީއަކީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސާލިހު ފޮނުއްވި ސިޓީކަން ރައީސް އޮފީހުގެ އޮފިޝަލުން ކަށަވަރުކޮށްދެއެވެ.

މިދިޔަ އަހަރުގެ އޯގަސްޓުމަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި، ރައީސް ސާލިހު ވިދާޅުވެފައި ވަނީ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖެއިން ގެންގުޅޭނީ މީގެކުރިން އެހެން ސަރުކާރުތަކުންވެސް ގެންގުޅުއްވި ސިޔާސަތުކަމަށެވެ. އަދި ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލުނުވާނެކަމަށްވެސް އެ ސިޓީގައި ރައީސް ސާލިހު ވިދާޅުވެފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކުރިނަމަވެސް، ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ދޫކޮށްލުމާބެހޭ އެއްވެސް ވާހަކައެއް އެ ސިޓީގައި ނެތްކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށްވެސް ބަދަލެއް ނުގެންނަވާނޭކަމަށްވެސް ރައީސް ސާލިހު ފޮނުއްވި ސިޓީފުޅުގައިވެއެވެ.

ރައީސްގެ ސިޓީގައި ކަނޑުން ބައެއް ގެއްލޭ ފަދަ ވާހަކައެއް ނެތްކަމަށާއި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ނިންމުމަށް އެއްވެސް އަސަރެއް ކުރާނެ ވާހަކައެއް ނެތް ކަމަށް، ބާ ކައުންސިލުގެ ލޯ ރިފޯމް އެންޑު ރިސާޗު ކޮމިޓީން ވެސް ވަނީ މިދިޔަ ހަފުތާގައި ބުނެފަ އެވެ.

ބާ ކައުންސިލުން މިހެން ބުނެފައިވަނީ އެ ފަރާތުގެ އެދުމަށް ރައީސް އޮފީހުން ރައީސްގެ ސިޓީ ދިރާސާ ކުރުމަށް، ސިޓީގެ އަސްލު ބާ ކައުންސިލަށް ދީފައިވަނިކޮށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.