Advertisement

12 Sep 2023
ޚަބަރު

ނ. ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ފަށައިފި

ނ.ވެލިދޫ ޖޫނިއަރ ކޮލެޖްގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއީ ޒުވާނުންނަށް މަސައްކަތާއި ހުނަރު އަދި ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށް ޢިމާރާތްކުރާ ތަނެކެވެ.

މި ޖޫނިއަރ ކޮލެޖް ނިމޭއިރު ކިޔަވައިދިނުމަށް ބޭނުންކުރާ ސްމާޓް ކްލާސްރޫމްގެ އިތުރުން އައި.ސީ.ޓީ ލެބޯޓަރީއަކާއި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. އަދި މިއިންސްޓިޓިއުޓުގައި ތަފާތު އެކި ދާއިރާތަކުން ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުމަށް މަލްޓިޕާޕަސް ވޯކްޝޮޕްތައްވެސް ތަރައްޤީ ކުރާނެއެވެ.

މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ އޯގަސްޓު މަހުގެ 10ވަނަ ދުވަހުއެވެ. ވެލިދޫ ޖޫނިއަރ ކޮލެޖުގެ މަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 9 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި ޖޫނިއާރ ކޮލެޖަކީ އެ ރަށައް ވަރަށް މުހިންމު ތަނެއްކަމަށް އެރަށު ކައުންސިލުންވެސް ފާހަގަކުރެއެވެ. ނ.ވެލިދޫގައި ސަރުކާރުން ތަރައްޤީކުރާ ޖޫނިއަރ ކޮލެޖަކީ 11.91 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.

ދިވެހި ޒުވާނުންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ. އެގޮތުން ޓިވެޓް ސެންޓަރުތަކާއި، ޖޫނިއަރ ކޮލެޖްތަކުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަޙައްދުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. ނ،ވެލިދޫގެ އިތުރުން ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރުމުގެ މަޝްރޫއާއި ރ.އަލިފުށީގައި ޓިވެޓް ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.