Advertisement

ފޮޓޯ: އެމްއޭސީއެލް

13 Sep 2023
ޚަބަރު

އެމްއޭސީއެލް މުވައްޒަފުންގެ މުސާރައިގެ %50 އަނެއްކާވެސް ޑޮލަރުން ދޭން ނިންމައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.) މުވައްޒަފުންގެ މުސާރައިގެ %50 ޔޫއެސް ޑޮލަރުން ދޭން އަނެއްކާވެސް އެ ކުންފުނިން ނިންމައިފިއެވެ. މިކަން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވަނީ މިއަދުއެވެ.

އެމްއޭސީއެލް އިން މުވައްޒަފުންނަށް އަންގާފައިވާގޮތުން, ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މުސާރައިގެ %50 ޑޮލަރުން ދެމުން ގެންދިޔަ ގެންދިޔުން މެދުކަނޑާލުމަށްފަހު ސެޕްޓެމްބަރ 2023 އިން ފެށިގެން އަލުން އަނބުރާ އެގޮތަށް ދިނުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެމްއޭސީއެލްގެ މުވައްޒިފުންނަށް މުސާރައިގެ ބައެއް ޑޮލަރުން ނުދޭން ނިންމީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެއަށްފަހު އެ ކުންފުނީގެ މުވައްޒިފުންނަށް މުސާރަދިނީ އެއްކޮށް ދިވެހި ރުފިޔާއިން ނެވެ. އަދި މިގޮތަށް އަމަލުކުރުމަށް ނިންމީ, އޭރުގެ ހާލަތުން ލިބެމުންދިޔަ މާލީ ދަތިކަމުން އަރައިގަތުމަށް ކުރަމުން ދިޔަ މަސައްކަތްތަކުގެ ތެރެއިންކަމަށް އޭރު އެ ކުންފުނިން ވަނީ ބުނެފައެވެ

މިކަމާއި ގުޅިގެން "ނޫން" އާ ވާހަކަ ދެއްކި އެމްއޭސީއެލްގެ މުވައްޒިފެއް ބުނީ, މިއީ ކުންފުނީގެ ވަރަށް އޯގާތެރި ނިންމުމެއް ކަމަށާއި, ކުންފުނީގެ މިހާރުގެ މެނޭޖުމެންޓާއި ސަރުކާރުން ވެސް އެ މުވައްޒަފުންގެ އަޑުއެހުމަކީ މުވައްޒިފުންގެ ފަރުދީ ތަނަވަސްކަން އިތުރު ކުރުމަށް ވެދިން ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.