ޚަބަރު
ޚަބަރު
08 Sep 2023
ޚަބަރު
ބޮޑުފޮޅުދޫއަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް، 12 ހެކްޓަރުގެ ބިން ހިއްކައިފި
މިމަޝްރޫޢުގެ ދަށުން ބޮޑުފޮޅުދޫން 12 ހެކްޓަރުވަނީ ހިއްކާފައެވެ. މިހާރު ވަނީ އެރަށުން ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މުޅިން ނިންމާފައެވެ. ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ދެން ކުރިއަށްދާނީ ހިއްކި ބިން ހިމާޔަތްކުރުމުގެ މަސައްކަތެވެ. އެގޮތުން 180 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ.
08 Sep 2023
ޚަބަރު
އައްޑޫއަށްޓަކައި ކުރަންވީ ކަމަކީ ރައީސް އިބޫ ހޮވުން: އަސްލަމް
އައްޑޫގެ ތަރައްގީއަށްޓަކައި ހޮވަންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްކަމަށް އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ކޮށްދީފައިވާ ކަންކަމާއި ކުރިއަށް އޮތް ދައުރުގައި ކޮށްދޭން މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އައްޑޫ ރައްޔިތުން ރައީސް ހޮވަން ޖެހޭ ކަމަށެވެ.
07 Sep 2023
ދީން
ވެރިކަމަށް ދަހިވެތި ވެގެން އަންނަ މީހުނަށް ވެރިކަން ދިނުމަކީ ދީނީ ގޮތުން ރަނގަޅު ކަމެއް ނޫން: ޝޭހު އިލްޔާސް ޖަމާލް
ވެރިކަމަށް ދަހިވެތިވެގެން ވެރިކަމަށް އަންނަން ބޭނުން މީހުންނާއި އަދި ގިނަ ބަޔަކަށް ފެނިގެން ވެރިކަމަށް ގެންނަ މީހާގެ ތަފާތު އައްޝައިޙް އިލްޔާސް ޖަމާލް އޮޅުންފިލުވައި ދެއްވައިފިއެވެ. އެގޮތުން، ވެރިކަމަށް ދަހިވެތިވެގެން އަންނަ މީހާއަށް ވެރިކަން ދިނުމަކީ ދީނީ ގޮތުން ބަލާއިރު ރަގަޅުކަމެއް ނޫންކަމަށާއި، އެބޭފުޅާ ނޫން، އެ ކަމަށް ޤާބިލް އެހެން ބޭފުޅަކު ހުންނެވިނަމަ އެ ބޭފުޅަކު ވެރިކަމަށް ގެނައުން މާ އަޢުލާކަން ބޮޑުކަން ޝެއިޙް ފާހަގަ ކުރެއްވިއެވެ. މިކަމަށް ހެކި ދައްކަވާ، ޝެއިޙް އިލްޔާސްވަނީ ރަސޫލާގެ ހަޔާތްޕުޅުން މިސާލު ޖައްސަވާފައެވެ.
07 Sep 2023
ޚަބަރު
ނޫސްވެރިޔާ ލިޔަން ބޭނުންވާ ޚަބަރު މި ފަސް އަހަރު ތެރޭ ލިޔެވުނު
ނުވަ އަހަރު ވަންދެން ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ހައްވާ މުޙައްމަދު (ހައްވި) ނޫނަށް ދިން ހާއްސަ އިންޓަރވިއުގެއްގައި ބުނީ އޭރުގެ ބިރުވެރިކަން އަދިވެސް ހަނދާންވާ ކަމަށާއި، ޚަބަރުތައް ލިޔެލާއިރަށް ދެން ބަލާ އަންނާނީ ކޮންފަރާތަކުން ކަމެއް، ކޮށްލާނެ ޖޫރިމަނާއެއް ނުވަތަ ގެންގޮސް ލާނެ ގޮޅިއެއް ނޭނގިފައި ތިބެން ޖެހޭ ދުވަސްތައް ވެސް އޭރު މަދު ނޫން ކަމަށެވެ.
07 Sep 2023
ޚަބަރު
އައްޑޫ ސިޓީ ހުޅުދޫގެ އައު ބަނދަރު ރައީސް ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ ސިޓީ ހުޅުދޫގައި ސަރުކާރުން ތަރައްޤީކުރި އައު ބަނދަރު ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
07 Sep 2023
ޚަބަރު
ރާއްޖޭގެ 20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރަނީ
އުތުރުގެ 20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ޕްލޭނިންގ މިނިސްޓްރީން އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި 3 ޒޯނުގައިވެސް ހިމެނޭ ރަށްތަކުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަށް އަޒްރޯވާ މޯލްޑިވްސްއާއި ޙަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.
07 Sep 2023
ޚަބަރު
ކެލާ މަގުތަކުގައި ތާރުއެޅުން އާރުޑީސީއަށް
ހއ. ކެލާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަނާއި ހަވާލުކޮށްފިއެވެ. އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހަސަން ސައީދެވެ.
07 Sep 2023
ޚަބަރު
އިތުރު 11 ރަށަކަށް ސަރުކާރުން އެމްބިއުލާންސް ފޯރުކޮށްދީފި
ރާއްޖޭގެ އިތުރު 11 ރަށަކަށް ހެލްތް މިނިސްޓްރީން އެމްބިއުލާންސް ފޯރުކޮށްދީފިއެވެ. ސިއްހީ ނިޒާމު ފުޅާކޮށް ރާއްޖޭގެ އެކި ރަށްރަށައް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ގިނަ ރަށްރަށަކަށް ވަނީ އެމްބިއުލާންސް ފޯރުކޮށްދީފައެވެ.
07 Sep 2023
ޚަބަރު
އައްޑޫ ސިޓީގައި އިބޫ-އަސްލަމަށް އޮތް ބޮޑު ތާއީދު ދައްކާލައިފި
ރައީސުލްޖުމްހޫރިއްޔާ އާއި އަސްލަމް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ، މިރޭ އިރުއޮއްސުނު ވަގުތުގައެވެ. އެދެބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް އައްޑޫ ސިޓީ، ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވިއެވެ. ރައީސަށް މަރުޙަބާ ދެންނެވުމަށް ނުކުތް މީހުންގެ އަދަދު ގިނަވުމުން މަރުހަބާ ދެންނެވުމަށް ހާޟިރުވި މީހުންނާއި ސަލާމްކުރުމަށްވެސް ގަޑިއެއްގެ އިރަށްވުރެ ގިނަ އިރު ހޭދަވިއެވެ.
06 Sep 2023
ޚަބަރު
އަންނަ ޖޫންގެ ކުރިން އައްޑޫއިން ގޯތި ލިބުނު އެންމެންނަށް ގޯތި ދޫކުރަނީ
އައްޑޫ ސިޓީން ގޯއްޗަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ މީހުންގެ ދާއިމީ ލިސްޓު އައްޑޫ ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ. އައްޑޫ ސިޓީން ގޯއްޗަށް އެދި 4،160 ފޯމު ހުށަހެޅި އިރު، އޭގެ ތެރެއިން 3،972 މީހެއްގެ ޝަރުތު ހަމަވެއެވެ.
06 Sep 2023
ޚަބަރު
ހޯރަފުށީގައި އަޅާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި
ހޯރަފުށި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ރޭ ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރ އަޙުމަދު ނަސީމްއާއި ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމާއި ހޯރަފުށި ކައުންސިލގެ ރައީސް މުޙައްމަދު ވަހީދުއެވެ.
06 Sep 2023
ޚަބަރު
އިތުރު ވިޔަފާރިތަކަށް ފުރުސަތުދީ އެސްއެމްއީ ހަބްގެ 2 ވަނަ ފަންގިފިލާ ހުޅުވައިފި
އެސްއެމްއީ ހަބުގެ ޚިދުމަތް ފުޅާކޮށް، އިތުރު ސިނާއަތްތައް ހިމެނޭހެން ގިނަ ކުދި ވިޔަވާރިތަކަކަށް ފުރުސަތު ދިނުމަށް، އެސްއެމްއީ ހަބުގެ 2 ވަނަ ފަންގިފިލާ ރޭ ވަނީ ހުޅުވާފައެވެ. އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާ ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ.
06 Sep 2023
ޚަބަރު
ހުޅުމާލޭ ކޮންޓެއިނަރ ޕާކުގައި ކުދި ވިޔަފާރިތަކަށް ތަރައްޤީކުރި ކޯ-ވޯކިން ސްޕޭސް ހުޅުވައިފި
އާރބަންކޯއިން ހުޅުމާލޭ ކޮންޓެއިނަރ ޕާރކްގައި ތަރައްޤީކުރި ކޯ ވޮރކިންގ ސްޕޭސް ރަސްމީކޮށް ހުޅުވައިފިއެވެ. ކޮންޓެއިނަރ ޕާރކް އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އަރބަންކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މިތަން ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ރިޔާޒް މަންސޫރެވެ.
06 Sep 2023
ޚަބަރު
މިދައުރުގެ ތެރޭގައި ކޮށްފައިވާ ހުރިހާ ޕާކިންގ ޖޫރިމަނާތަކެއް މަޢާފްކޮށްދެއްވުމަށް ރައީސް ނިންމަވައިފި
ސަރުކާރުގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޕާކިންގ ޖޫރިމަނާތައް މަޢާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، މާލޭގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަތައް ނެތްނަމަވެސް، ޕާކިން ސްޓިކާތައް ޖަހައި ޖޫރިމަނާކުރަމުންދާތީ، ރައްޔިތުން ކުރާ ޝަކުވާއަކީ ރައީސުލްޖުމްހޫރިއްޔާއަށްވެސް ޤަބޫލު ކުރެއްވޭ ޝަކުވާއަކަށްވާތީ ކަމަށެވެ.
06 Sep 2023
ޚަބަރު
ފަޚުރުވެރި ތާރީޚީ ކާމިޔާބީތަކާއިއެކު އައި ރާއްޖޭގެ ކޮންޓިންޖެންޓަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަރުޙަބާ ވިދާޅުވެއްޖެ
މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި، ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޓީމަށް މަރުޙަބާ ކިޔުމަށް ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ކުޅިވަރަށް ލޯބިކުރާ ގިނަ ޢަދަދެއްގެ ޢާންމުންވެސް ޖަމާވިއެވެ.
05 Sep 2023
ޚަބަރު
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންފި
އެމަނިކުފާނު މިހަފްތާގައި ވަނީ، ހދ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވާފައެވެ. ހދ. އަތޮޅާއި ރ.އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެނބުރި މާލެ ވަޑައިގެންނެވީ މިރޭގައެވެ.