Advertisement

ފޮޓޯ: އާރބަންކޯ

06 Sep 2023
ޚަބަރު

ހުޅުމާލޭ ކޮންޓެއިނަރ ޕާކުގައި ކުދި ވިޔަފާރިތަކަށް ތަރައްޤީކުރި ކޯ-ވޯކިން ސްޕޭސް ހުޅުވައިފި

އާރބަންކޯއިން ހުޅުމާލޭ ކޮންޓެއިނަރ ޕާރކްގައި ތަރައްޤީކުރި ކޯ ވޮރކިންގ ސްޕޭސް ރަސްމީކޮށް ހުޅުވައިފިއެވެ. ކޮންޓެއިނަރ ޕާރކް އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އަރބަންކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މިތަން ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ރިޔާޒް މަންސޫރެވެ.

ކޮންޓެއިނަރ ޕާކް އަކީ، ހުޅުމާލެ ޒަމާނީ "އަރބަން" ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އަރބަންކޯއިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އެގޮތުން މި ކޮންޓެއިނަރ ޕާކަކީ ޒަމާނީ އަދި "އާޓިސްޓިކް" ޕްލޭނެއްގެ ދަށުން، ހުޅުމާލެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ގޮތަކަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

ކޯ ވޮރކިންގް ސްޕޭސް ހުޅުވިގެންދިޔައިރު، ވަރަށް އަވަސް މުސްތަގްބަލެއްގައި މިތަނުގައި ޓޭކްއަވޭ ކެފޭ އަކާއި، ފާސްޓް ފުޑް އައުޓްލެޓް އަދި މީޓިން ރޫމެއް ހެދި، މި ސަރަހައްދުގެ އޯޕަން އޭރިއާ އާންމުންނަށް އެއްވެ އުޅެވޭ ޕާކެއްގެ ގޮތުގައި ތަރައްގީކުރެވިގެންދާނެކަމަށް އާރބަންކޯއިން ބުނެއެވެ.

ހަމަ އެހެންމެ މި ކޯ ވޮރކިންގ ސްޕޭސް މެދުވެރިކޮށް ހުޅުމާލޭގައި އަލަށް ވިޔަފާރިތައް ފަށާ ފަރާތްތަކަށާއި، އެފަދަ ފުރުސަތުތައް ބޭނުންވާ މީހުންނާއި، ގްރޫޕްތަކަށް އެ ފުރުސަތު ފަހިކޮށްދެވިގެންދާނެއެވެ. އަދި މި ކޯ ވޮރކިންގ ސްޕޭސް ދެވިގެންދާނީ ފުރަތަމަ މަހު ހިލޭއެވެ. މި ސްޕޭސް އަށް އޮންލައިން ޕޯރޓަލްއެއް މެދުވެރިކޮށް ބުކްކޮށްލެވޭނެ ގޮތްވެސް ހަމަޖެހިގެނަދާނެކަމަށް އާރބަންކޯއިން ބުނެއެވެ. ކޯ ވޮރކިންގ ސްޕޭސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9އަކުން އިރުއޮއްސި 6އެއްގެ ނުޔަލަށް ހުޅުވިފާފައި ހުންނާނެއެވެ.

މި ކޮންޓެއިނަރ ޕާކުގެ މައިގަނޑު މަގްސަދަކީ ލައިވްލީ އަދި ކޮމިއުނިޓީ އެންގޭޖިންގ މާހައުލެއް ބިނާކުރުންމެވެ. އަދި މީގެއިތުރުން އާޓިސްޓުންނަށް ވެސް ފުރުސަތު ލިބިގެންދާނެ ފަދަ ހަބެއް ތައްޔާރުކުރުމެވެ. މި ޕާކް މެދުވެރިކޮށް ހުޅުމާލޭގެ ގިނަ ޒުވާނުންތަކަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އާރބަންކޯއިން ވަނީ ބުނެފައެވެ.

އަރބަންކޯއިން ދަނީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް މުޖަތަމައުއަށް ފައިދާކުރުވަނިވި ކަންތައްތައް ވީހާވެސްގިނައިން ކުރިއަށް ގެންދަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.