ރޯދަމަހު ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ހާމަކޮށްފި
އެމިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެކަމަށެވެ. އަދި، ރޯދަމަހު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 ޖެހުމާއި ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމުގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.