Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

26 Jan 2024
ޚަބަރު

ޤަވާއިދާއި ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވާނަން: ސައީދު

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވާނެކަމަށް އިޤްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، "އަހާ" ނަމުގައި ކުރިއަށްގެންދާ ވަޒީރުންގެ ޕަބްލިކް ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސަޢީދު ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިތައް ހިންގާ މައްސަލައަކީ ސަރުކާރުންވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށާއި، އެކަމުގައި ރައްޔިތުން އަދި ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާނެކަމަށް ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ދަތިތަކެއް ކުރިމަތިވާކަމަށާއި އެގޮތުން، ބައެއް ބިދޭސީން ގަވާއިދާއި ޚިލާފަށް ވިޔަފާރިތައް ހިންގަނީ ދިވެހިންނާ ގުޅިގެންކަމަށެވެ.

"ވަރަށް ގިނަ ފަހަރަށް މިވާގޮތަކީ ދިވެހި ކޮންމެވެސް ބޭފުޅެއްގެ ނަމުގައި ވިޔަފާރި މިއޮންނަނީ ރަޖިސްޓްރީ ކޮށްފައި، އެ ރަޖިސްޓްރީ ކުރާ ފަރާތުން މިހަދާ ގޮތަކީ ބިދޭސީއަކަށް އެތަން ހިންގަން މިދެނީ. ދިނީމަ އާންމު އުސޫލުން އިންސްޕެކްޝަނާ ވަރަށް ގިނަ ހާލަތްތަކުގައި ކޮންމެވެސް ގޮތަކުން ޖަސްޓިފައި އެބަކުރޭ މިއީ ދިވެހި ވިޔަފާރިއެއްކަން." ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ބިދޭސީން ކުރާ ވިޔަފާރިތައް ބަލައި، އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ފޯރުކޮށްދިނުމުން އެފަދަ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ސަޢީދު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.