Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

06 Sep 2023
ޚަބަރު

އަންނަ ޖޫންގެ ކުރިން އައްޑޫއިން ގޯތި ލިބުނު އެންމެންނަށް ގޯތި ދޫކުރަނީ

އައްޑޫ ސިޓީން ގޯއްޗަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ މީހުންގެ ދާއިމީ ލިސްޓު އައްޑޫ ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ. އައްޑޫ ސިޓީން ގޯއްޗަށް އެދި 4،160 ފޯމު ހުށަހެޅި އިރު، އޭގެ ތެރެއިން 3،972 މީހެއްގެ ޝަރުތު ހަމަވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެމަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި ގޯތިދޫކުރުމަށް ހަމަޖެހިފައިވަނީ އައްޑޫގެ 4 އަވަށުންނެވެ. އެއީ ހިތަދޫން 500 ގޯތި، ފޭދޫން 300 ގޯތިި ހުޅުދޫން 100 ގޯތި އަދި މީދޫން 100 ގޯއްޗެވެ.

ލިސްޓުގައި ހިމެނޭ އެހެންފަރާތްތަކަށް ދެވަނަ މަރުޙަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރެވޭނީ އަވަށްތަކަށް އިތުރުކުރި ބިންތަކުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހުގައިކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ކައުންސިލްގެ އަމާޒަކީ މިހާރު ޢާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް 2024 ޖޫންމަހުގެ ނިޔަލަށް ގޯތިދޫކޮށް ނިންމުމެވެ.

ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ޖުމްލަ 1000 ގޯތި ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. 

ސިޓީ ކައުންސިލުން ބުނީ ފުރަތަމަ މަރުޙަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ 1000ގޯތި ދޫކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިދާރީ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފުރިހަމަކޮށް ޑިސެމްބަރުމަސް ނިމުމުގެކުރިން ގޯތިތައް ލިބެންޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމާނެ ކަމަށެވެ. ހިތަދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 21 އަހަރު ކުރިން 2002ވަނަ އަހަރުއެވެ. އަދި، ހުޅުދޫއާއި މީދޫންވެސް ގޯތިދޫނުކުރާތާ 15 އަހަރުވެފައިވާއިރު، ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ އައްޑޫގެ ބިން ހިއްކައި ގޯތި ދޫކުރުމަށް ނިންމަވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.