Advertisement

ރައީސުލްޖުމްހޫރިއްޔާއަށް އައްޑޫ ސިޓީން މަރުޙަބާ ދެންނެވުން ---

07 Sep 2023
ޚަބަރު

އައްޑޫ ސިޓީގައި އިބޫ-އަސްލަމަށް އޮތް ބޮޑު ތާއީދު ދައްކާލައިފި

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ރަނިން މޭޓް މުޙައްމަދު އަސްލަމް އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެދެބޭފުޅުންނަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އަސްލަމް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ، މިރޭ އިރުއޮއްސުނު ވަގުތުގައެވެ. އެދެބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް އައްޑޫ ސިޓީ، ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވިއެވެ. ރައީސަށް މަރުޙަބާ ދެންނެވުމަށް ނުކުތް މީހުންގެ އަދަދު ގިނަވުމުން މަރުހަބާ ދެންނެވުމަށް ހާޟިރުވި މީހުންނާއި ސަލާމްކުރުމަށްވެސް ގަޑިއެއްގެ އިރަށްވުރެ ގިނަ އިރު ހޭދަވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށާއި އަދި އައްޑޫ ސިޓީގެ ވަކިން އޮންނަ ދެރަށް ކަމުގައިވާ، މީދޫ އާއި ހުޅުދޫއަށް ވަޑައިގަންނަވާނެ ކަމުގައިވެސް އެމްޑީޕީން ހާމަކޮށްފައިވެއެވެ.

އައްޑޫ ސިޓީއަކީ، މާލެ ފިޔަވައި އެންމެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ޙައްޤުލިބޭ ސިޓީއެވެ. އައްްޑޫގެ ނަތީޖާއަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ނަތީޖާއެކެވެ. ރިޔާސީ އިންތިޚާބު އިބޫ އަސްލަމް ކާމިޔާބު ކުރެއްވުން ވެގެންދާނީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި ދައުލަތުގެ ދެވަނައަށް އެންމެ އިސް މަޤާމަށް އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު ވަޑައިގަންނަވާނެ ފުރަތަމަ ފަހަރަށެވެ.

އުފާވެރި އަމާން ރާއްޖެ ކެމްޕޭންގައި އައްޑޫ ސިޓީގައި ބާއްވާ އެންމެ ބޮޑު ކެމްޕޭން ޖަލްސާ މާދަމާރޭގައި ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.