Advertisement

07 Sep 2023
ޚަބަރު

ނޫސްވެރިޔާ ލިޔަން ބޭނުންވާ ޚަބަރު މި ފަސް އަހަރު ތެރޭ ލިޔެވުނު

ރައީސް ޔާމީނުގެ ސަރުކާރުގައި އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހުނު އެއްބަޔަކީ ނޫސްވެރިންނެވެ. ނޫސްވެރިންގެ ހައްގުތައް ހޯދުމަށް އެތައް ފަހަރެއްގެ މަތިން އެމީހުން މަސައްކަތްކުރިއެވެ. ނަމަވެސް އަބަދުވެސް އެންމެން ވެސް ތިބީ ކޮންމެސް ކަހަލަ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ނުވަ އަހަރު ވަންދެން ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ހައްވާ މުޙައްމަދު (ހައްވި) ނޫނަށް ދިން ހާއްސަ އިންޓަރވިއުގެއްގައި ބުނީ  އޭރުގެ ބިރުވެރިކަން އަދިވެސް ހަނދާންވާ ކަމަށާއި، ޚަބަރުތައް ލިޔެލާއިރަށް ދެން ބަލާ އަންނާނީ ކޮންފަރާތަކުން ކަމެއް، ކޮށްލާނެ ޖޫރިމަނާއެއް ނުވަތަ ގެންގޮސް ލާނެ ގޮޅިއެއް ނޭނގިފައި ތިބެން ޖެހޭ ދުވަސްތައް ވެސް އޭރު މަދު ނޫން ކަމަށެވެ. އެހެންކަމުން، ނޫސްވެރިން ނަށް ރައީސް ޔާމީންގެ ވެރިކަމުގައި ބިރުވެރިކަމާއި މިނިވަންކަމެއް ނެތްކަން އިހުސާސް ވެގެން ދިއަކަމަށް ހައްވި ފާހަގަކުރިއެވެ.

އަދި ރައީސް ސޯލިހުގެ މި ފަސް އަހަރު ތެރެއިން 3 އަހަރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިކަމަށާއި މި ވޭތުވެދިޔަ އަހަރު ތަކުގައި އެއްވެސް ނޫސްވެރިއެއް ޖަލަށްލާފައި ނުވާކަމަށާއި، ނޫސްތައް ޖޫރިމަނާ ކޮށް ނުހަދާކަމަށް ހައްވި ބުންޏެވެ. އަދި އެއްވެސް ނިއުސް ސްޓޭޝަން އެއް ބަންދުކޮށްފައި ނުވާކަމަށާއި، ނޫސްވެރިންނަށް ލިބިގެންދިއަ މިނިވަންކަން އޭގެ ޒާތުގަ ބޭނުންކުރުމުގެ ބާރު ލިބިގެންދިއުމުން ނޫސްވެރިޔާ ލިޔަން ބޭނުންވާ ޚަބަރު މި 5 އަހަރު ތެރޭގައި ލިޔެފައި ވާތަން ފެނިއްޖެ އަދި ރައީސްގެ އަބުރު ގެއްލޭފަދަ ލިޔުންތައް ވެސް ލިޔެފައިވާއިރު ރައީސް އެއަށް ރިއެކްޓް ކޮށްފައި ނުވާކަން ހައްވި ފާހަގަކުރިއެވެ. އެހެންކަމުން، ހައްވި ދެކެނީ މި ސަރުކާރުގައި ނޫސްވެރިންގެ މިނިވަންކަން މާ ބޮޑަށް ވެސް ހިމާޔަތްކޮށްދީފައިވާ ކަމަށެވެ.

ހައްވި އަށް ރައީސް އާ ވަރަށް ގާތުން މަސައްކަތް ކުރެވުނު، ނޫސްވެރިއަކަށް ވާތީވެ، ރައީސް އޮފީހަށް ވަރަށް ގިނަ ނޫސްވެރިންގެ ބައްދަލުވުންތަކަށް ދެވުނު، ރައީސް އާ ވަރަށް ގާތުން ވާހަކަ ދެކެވުނު، ރައީސް ސާލިހު ފާހަގަ ކުރެވުނީ ވަރަށް ހިތްތިރި، އެންމެނާ ވެސް ގުޅޭ މިޒާޖެއްގެ ވެރިއެއްގެ ގޮތުގައި

ހައްވި ނޫން އަށް ދިން ހާއްސަ އިންޓަރވިއުގައި

ހައްވި އިތުރަށް ފާހަގަކޮށްލީ، ކޯލިޝަނަކާއެކު ވެރިކަމަށް އައުމަކީ ތަފާތު އެކި އެޖެންޑާ ގެންގުޅުއްވާ އެކި ފިކުރުގެ މީހުނާއެކު ސަރުކާރު ހިންގަން ޖެހޭނެ ކަމެއް ކަމަށާއި މިކަމަށް ހާއްސަ ޤާނޫނެއް ނެތުމުން އެކަކަށް ވެސް މިކަން ކާމިޔާބު ވެދާނެ ކަމަށް ހީނުކުރާ ކަމަށެވެ. ނަމަވެސް، ކަމެއް ކުރަން ބޭނުންވެއްޖެއްޔާ ކުރެވޭނެކަމާއި، 5 އަހަރު ނިމުނުއިރު ކޯލިޝަން ދެމެހެއްޓިދާނެކަން މިވަނީ ވަރަށް އިޙުލާސްތެރިކަމާއި ކެތްތެރިކަމާއެކު ރައީސް ސޯލިހު ސާބިތުކޮށްދީފައިކަން ހައްވި ފާހަގަކުރިއެވެ.

ހައްވި ނޫން އަށް ދިން ހާއްސަ އިންޓަރވިއު

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.