Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

08 Sep 2023
ޚަބަރު

ސައްހަ ނޫން ނޫޓު ދައުރުވާކަމަށް ބުނާ ވާހަކަ އެމްއެމްއޭއިން ދޮގުކޮށްފި

ސައްހަ ނޫން 500 ރުފިޔާގެ ނޫޓު ދައުރުވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ސައްހަ ނޫން 500 ރުފިޔާގެ ނޫޓުކަމަށް ބުނެ ދައުރު ކުރީ، ނޫޓު ސައިޒު ކުޑަ ކަމަށް ބުނެ އެވެ. އެހެންކަމުން ނޫޓުގެ ސައްހަ ކަމާއިމެދު ވަނީ ސުވާލުއުފައްދާފައެވެ. 

އެމްއެމްއޭ އިން ބުނީ، ސޯޝަލް މީޑިއާގައި ސައްހަ ނޫން ކަމަށް ބުނެ ދައުރު ވަމުން ދާ 500 ރުފިޔާގެ ނޫޓު އެ އިދާރާއިން ގެނެސް ޗެކް ކުރި އިރު އެއީ ސައްހަ ނޫޓެއްކަން ޔަގީން ވެފައިވާ ކަަމަށެވެ. ނޫޓުތަކުގެ އެކި ބެޗްތަކުގައި ނޫޓުތަކުގެ ސައިޒުގައި ކުޑަ ތަފާތެއް ހުރެދާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއަށް ޕޮލިމާ ނޫޓު ތައާރަފްކުރީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް 2016 ވަނަ އަހަރު އެވެ. އެ ނޫޓު ސީރީޒްގެ ދަށުން 5، 10، 20، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ތައާރަފްކުރި އެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.