Advertisement

07 Sep 2023
ދީން

ވެރިކަމަށް ދަހިވެތި ވެގެން އަންނަ މީހުނަށް ވެރިކަން ދިނުމަކީ ދީނީ ގޮތުން ރަނގަޅު ކަމެއް ނޫން: ޝޭހު އިލްޔާސް ޖަމާލް

ވެރިކަމަށް ދަހިވެތިވެގެން ވެރިކަމަށް އަންނަން ބޭނުން މީހުންނާއި އަދި ގިނަ ބަޔަކަށް ފެނިގެން ވެރިކަމަށް ގެންނަ މީހާގެ ތަފާތު އައްޝައިޙް އިލްޔާސް ޖަމާލް އޮޅުންފިލުވައި ދެއްވައިފިއެވެ. އެގޮތުން، ވެރިކަމަށް ދަހިވެތިވެގެން އަންނަ މީހާއަށް ވެރިކަން ދިނުމަކީ ދީނީ ގޮތުން ބަލާއިރު ރަގަޅުކަމެއް ނޫންކަމަށާއި، އެބޭފުޅާ ނޫން، އެ ކަމަށް ޤާބިލް އެހެން ބޭފުޅަކު ހުންނެވިނަމަ އެ ބޭފުޅަކު ވެރިކަމަށް ގެނައުން މާ އަޢުލާކަން ބޮޑުކަން ޝެއިޙް ފާހަގަ ކުރެއްވިއެވެ. މިކަމަށް ހެކި ދައްކަވާ، ޝެއިޙް އިލްޔާސްވަނީ ރަސޫލާގެ ހަޔާތްޕުޅުން މިސާލު ޖައްސަވާފައެވެ.

"ނޫން" އަށް ދިން ހާއްސަ އިންޓަރވިއުއެއްގައި ޝޭހު އިލްޔާސް ޖަމާލް ވިދާޅުވީ، ރަސޫލާ އަރިހަށް ސަހާބީއަކު ވަޑައިގެން ތިމަންނާ މިވެނި ތަނެއްގެ ވެރިއަކަށް އިސްކުރެއްވުމަށް އެދޭ ވާހަކަ ދެންނެވިކަމަށެވެ. ނަމަވެސް ޖަވާބުގައި ރަސޫލާ ހަދީޡް ކުރެއްވިކަމަށް  ޝޭހު އިލްޔާސް ވިދާޅުވީ، ތިމަންނަމެން މިވެރިކަމަށް އެދިގެން، އެކަމުގެ ދަހިވެތިކަމުގައި އަމިއްލައަށް އަންނަ މީހަކު އިސްނުކުރާނެ ކަމަށެވެ.

އެގޮތުން، ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވާ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ކައިރިއަށް ވެރިކަމަށް ދަހިވެތިވެގެން އަންނަ މީހުނަށް ވެރިކަން ދޭން ނުވާނެކަން ރަސޫލާގެ މި ހަދީޡް ބަސްފުޅުން އެނގޭކަމަށް ޝޭހު އިލްޔާސް ފާހަގަކުރެއްވިއެވެ. އަދި މިއީ ޢިލްމުވެރިން ބައްލަވާ ވަރަށް މުހިންމު ހަމައެއްކަމަށް ވެސް ޝޭހު ވިދާޅުވިއެވެ. އެހެންކަމުން، ވެރިކަމަށް ކުރިމަތިލާފައި ތިބި ކެނޑިޑޭޓުންގެ ތެރެއިން، އެކަމަށް އެންމެ ދަހިވެތި މީހަކީ ކޮބާތޯ އާއި، އެކަމުގައި ހެޔޮ ނިޔަތެއް އޮތް މީހަކީ ކޮބާތޯ އަޅުގަނޑުމެން ބެލުން މުހިންމުކަން ފާހަގަކުރެއްވިއެވެ. މިގޮތަށް މިކަން ބެލުމަކީ އުނދަގޫކަމެއް ނަމަވެސް، މިހާރު މިކަން ބެލޭނެ އެއް މިންގަނޑަކީ ޕާޓީތަކުގެ ޕްރައިމަރީކަމަށް ޝެއިޙްވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޕާޓީއެއްގެ ޕްރައިމަރީއަކުން ކުރިމަތިލާ ބޭފުޅެއް ހޮވިއްޖެނަމަ، އެއީ ބަޔަކު އެދިގެން ކުރިމަތިލީ މީހެއްގެ ގޮތުގައި ބެލެވޭނެކަމަށް ވިދާޅުވިއެވެ.

ޝޭހު އިލްޔާސް ޖަމާލްގެ ތަޖުރިބާއިން މިސާލު ޖައްސަވަމުން، އެބޭފުޅާ ކިޔައިދެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ ވާހަކައެކެވެ.

އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، 2018 ގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމަށް ކުރިމަތިލެއްވީ ވެސް އެކަމަށް ބޭނުންނުވެ، ކުރިމަތި ނުލައްވަން، (މިއީ އަޅުގަނޑަށް އެނގޭތީވެ، މަޢުލޫމާތުތައް އެނގިފައި ވާތީވެ، ޙުދް އެމްޑީޕީގެ އެތެރެއިން ވެސް މިކަމަށް ހެކިވާނެ) އެކަމަށް ބޭނުންނުވެ، އެކަމަށް ޖެހިލުންވާ ހާލުގައި، ކުރަން ބޭނުންނުވާ ހާލުގައި ވެސް އެތައް ޕާޓީ ތަކަކުން އެއްވެ އެކަމަށް އިރުޝާދު ދީ، އެކަމަށް ހަމަ ކޮއްޕާފަ ނެރުނީމަ.

ޝޭހު އިލްޔާސް ޖަމާލް

އަދި އޭގެ އިތުރުން، އެ މަނިކުފާނު އެކަމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ޤައުމީ މަޖިލީހުން ވެސް އެގޮތަށް ފާސް ކުރެއްވީމަކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ލިބިވަޑައިގަތް ފަސް އަހަރުގެ ދައުރުގައި، ކޮވިޑުގެ ހާލަތު ދިމާވެ، ވަރަށް ބޮޑު ގޮންޖެހުންތަކަކާއެކު ވެސް ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރެއްވި ކަމަށާއި އަދި އިތުރު ވަގުތު އެމަނިކުފާނަށް ބޭނުންފުޅުވެ ވަޑައިގަތީމަ، އިތުރު ދައުރަކަށް ޝަޢުގުވެރިކަމެއް ހުރީ ކަމަށް ވެސް ޝެއިޙް އިލްޔާސް ވިދާޅުވިއެވެ. އަދި އެ ޝައުގުވެރިކަމުގައި ވެސް ދަހިވެތިކަމެއް ނެތްކަމުގެ އެންމެ އަލިގަދަ ހެއްކަކީ، އެ ޕާޓީގެ އުސޫލު ބުނާގޮތުން ވެރިއަކަށް ހުންނަ މީހާއަށް ވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓް އިތުރު ޕްރައިމަރީއަކަށް ނުގޮސް ލިބޭއިރު، އެ ފުރުސަތުގެ ވެސް ބޭނުން ނުހިއްޕަވާ، ވަރަށް ވާދަވެރި ޕްރައިމަރީއަކަށް ވަޑައިގެންނެވީ ރައްޔިތުން އެދިއްޖެ ކަމުގައި ވާނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން، އަދި ނުހޮވިއްޖެ ކަމުގައިވާނަމަ ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލައްވަން ނިންމައިގެން ކަމަށެވެ.

ޝޭހު އިލްޔާސް ޖަމާލްގެ ޙާއްސަ އިންޓަވިއު

ޝޭހު އިލްޔާސް ޖަމާލް "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއު

ޝޭހު އިލްޔާސް އިތުރަށް ވިދާޅުވީ، މިކަމުން ދޭހަވަނީ ކޮންމެހެން ވެރިކަމަށްޓަކާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ މާބޮޑު ދަހިވެތިކަމެއް ނެތްކަމަށާއި، ދެން ތިބި ކެނޑިޑޭޓުންގެ ހަޤީގަތެއް ނެތް ޕްރައިމަރީ ތަކާއި، ބައެއް ފަރާތްތަކުން އެ ޓިކެޓު ހޯދީ ރަނގަޅު ނޫންގޮތުގައި ކަމަށް ވާހަކަ ދެކެވޭ އިރު، އެފަރާތްތަކަށް ވުރެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ވޯޓުލުން ހައްޤު ކަމަށެވެ.

އަޅުގަނޑުމެންނަށް ފެންނަން އޮތް ވަރަށް ސާފުކަމެއް މިއީ, ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މިކަމަށް އެއްވެސް ދަހިވެތިކަމެއް ނެތި، ރާއްޖޭގެ އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ޕްރައިމަރީއަކުން ޓިކެޓު ހަވާލުކުރެވުނީމަ އޭގެން މި އެނގެނީ އެމަނިކުފާނު މިކަމަށް ކުރިމަތިލާފައި މިވަނީ ރައްޔިތުން އެނދިގެންކަން.

ޝޭހު އިލްޔާސް ޖަމާލް

މި މަޢުޟޫޢު ނިންމަވާ ލެއްވުމުގެ ކުރިން ޝެއިޙް އިލްޔާސް ޖަމާލް ވިދާޅުވީ، ދީނީ ނަޒަރަކުން ވިސްނާއިރު ވެސް ރައްޔިތުން ގާތަށް އަމިއްލައަށް އެދިގެން މިކަމަށް ދަހިވެތިވެގެން ވެރިކަން ހޯދުމަށްޓަކާ އުޅޭ މީހަކަށް ވުރެ، ރައްޔިތުންގެ ގިނަ ބަޔަކު އެދިގެން އެކަމެއް ހަވާލުކުރުމުން އަންނަ މީހާ ޚިޔާރުކުރުމަކީ އެންމެ މޮޅު އިތުރު ގޮތް ކަމުގައެވެ. އެހެންކަމުން ހުރިހާ ބޭފުޅުން ވެސް މި އުސޫލަށް ވިސްނަވާފަ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ވޯޓު ދެއްވުމަކީ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ނަސީބެއްކަމަށް ޤަބޫލުކުރާކަމަށް ޝޭހު އިލިޔާސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.