Advertisement

ފޮޓޯ - ސުކުން ޕްލޭ

11 Sep 2023
ޚަބަރު

މި ފަހަރުގެ ހިސާބު ތެދު ވެއްޖެ - އަދުރޭ

9 ސެޕްޓެމްބަރު 2023 ވީ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުއިއްޒުއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން މި ގައުމުގައި ދިރުމެއް އެބަ ހުރިކަން ދިވެހިން ދައްކައިދީފިކަމަށް އަދުރޭ ވިދާޅުވެއްޖެއެވެ. ރައީސް ޔާމީނު އަބަދު ވެސް ވިދާޅުވާ "ދިރުމެއް އޮތިއްޔާ އުންމީދެއް ވާނެ"، މި ބަހުގެ ތެދުކަން މިއަދު ހާމަވެއްޖެ ކަމަށް އަދުރޭގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. 

މިއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި އަދުރޭ ފާހަަގަ ކުރެއްވީ މި ކާމިޔާބީން ދޭހަވާ ގޮތުގައި ދިވެހިން ބުނެދިން ވާހަކަތަކެވެ. އެގޮތުން ދިވެހިން ބުނީ މިއީ ދިވެހިންގެ ދިވެހި ގައުމުކަމަށާއި، ދިވެހިންގެ ކިބައިގައި ޤައުމު ސަލާމަތްކުރުމުގެ ހިތްވަރު އެބަ ހުރިކަމާއި، ދިވެހި ވިންދު ދިވެހިންގެ ގައިގައި ޖަހާމަކާއި، ނުވިތާކަށް މިއީ ބޮޑުތަކުރުފާނު އުފަންވި ދިވެހި ޤައުމުކަމަށް ވެސް މި ކާމިޔާބީއިން ދޭހަކޮށްދޭކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ. މައިގަނޑު ގޮތެއްގައި އަދުރޭގެ ވާހަކަ ހުލާސާ ކޮށްލެވުނީ އަމާން ސުލްހަވެރި ދިވެހިރާއްޖެއެއް ހޯދަން ބަޔަކު ކުރަމުންދާ މަސައްކަތް ހާމަކޮށްދިނުމަށެވެ. 
މިއާ އެކު އަދުރޭ ފަހުރުވެރިކަމާ އެކު ވިދާޅުވީ އޭނާ ޖެއްސެވި ހިސާބު ތެދުވި ވާހަކައެވެ. އަދުރޭ މިހެން ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބާ ދިމާކޮށް ބޭއްވުނު ޖަލްސާއެއްގައި ދިވެހި ރާއްޖެއިން ވޯޓުލާ މީހުންގެ އިންސަންތައިން ބަލާނަމަ އެމްޑީޕީގެ ކޯލިޝަން ކެނޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙަށް 40 އިންސައްތަ ވޯޓު ވެސް ނުލިބޭނެކަމަށް އަދުރޭ ވިދާޅުވެފައި ވުމުން އެކަމާ ގުޅިނެވެ. އިންތިހާބު ނިމި ވޯޓުގެ ޖުމުލަ ނަތީޖާ ދައްކާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ލިބިފައި ވަނީ 39.09 އިންސައްތައެވެ. މީގެ އިތުރުން މި މަހުގެ 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުން 60 އިންސައްތައަށް ވުރެ ގިނައިން ވޯޓު ހޯދައިގެން މުއިއްޒު އިންތިހާބު ކާމިޔާބު ކުރާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އޭނާ އެ ޖަލްސާގައި ޖެއްސެވި ހިސާބަކީ ފައްޔާޒު ޖެއްސެވި ހިސާބު ފަދަ ހިސާބަކަށް ނުވާނެކަމަށެވެ. ނަމަވެސް މީގެ 5 އަހަރު ކުރިން އަދުރޭ ޖެއްސެވި ހިސާބު ހަނދުމަ ނުނެތޭ އެތައް ދިވެހިންނެއް އަދިވެސް މި ރާއްޖޭގައި ތިބޭނެކަން ގައިމެވެ. ވީމާ މިއަދު މި ފެންނަނީ ޔަހުޔާ ކާޅު ހިފައިގެން އުޅޭ މަންޒަރު ބާއޭ ހިތާހިތާ ކިޔާނެ ދިވެހިން ވެސް މަދެއް ނުވާނެކަން ގައިމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.