Advertisement

ފޮޓޯ: ހޯރަފުށި ކައުންސިލް

06 Sep 2023
ޚަބަރު

ހޯރަފުށީގައި އަޅާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ހޯރަފުށި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ރޭ ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރ އަޙުމަދު ނަސީމްއާއި ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމާއި ހޯރަފުށި ކައުންސިލގެ ރައީސް މުޙައްމަދު ވަހީދުއެވެ.

އަތޮޅުތަކުގައި އާބާދީ ބޮޑެތި ރަށްތަކުގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލްތަކުގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި 34 ރަށެއް ހިމެނެއެވެ.އެގޮތުން ހޯރަފުށީ ހޮސްޕިޓަލަކީ މަސައްކަތް ފެށި ދެވަނަ ހޮސްޕިޓަލެވެ. މަސައްކަތް ހަވާލުކުރިތާ 15 ދުވަހުގެ ތެރޭގައި ހޯރަފުށި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިވަނީ ފަށާފައެވެ.

މި މަސައްކަތް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ، ހޯރަފުށީގައި ތަރައްޤީކުރާ ހޮސްޕިޓަލަކީ 30 އެނދުގެ ހޮސްޕިޓަލެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްތައް ތަރައްޤީކުރަނީ، ކޯވިޑްގެ ތަޖުރިބާއަށް ބެލުމަށްފަހު އެފަދަ ޙާލަތްތަކުގައި ފަރުވާ ދެވޭނެ ފެންވަރަށް ކަމަށެވެ.

ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ ސިއްޙީ ޚިދުމަތް ހޯދުމުގައި ހޯރަފުށީގެ ރައްޔިތުން ވަރަށް ބޮޑު ތަކުލީފެއް އުފުލާފައިވާކަމަށެވެ. އެކްސްރޭއެއް ނަގަން ނޫނީ ލޭއެޅުމުގެ ޚިދުމަތެއް ހޯދަންވިއަސް ދާންޖެހެނީ ރަށުން ބޭރަށްކަމަށެވެ. 

ހޯރަފުށި ހޮސްޕިޓަލުގައި ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އޭގެތެރޭގައި އެކްސްރޭގެ ޚިދުމަތާއި، އިންފެކްޝަސް ޑިސީޒް ކޮންޓްރޯލް ޔުނިޓަކާއި، ފްލޫ ކްލިނިކަކާއި ފުލްފްލެޖް އިމަރޖެންސީ ރޫމެއްވެސް ހިމެނެއެވެ.

ހޯރަފުށީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރައްވާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 19ވަނަ ދުވަހުއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މިމަސައްކަތް ހަވާލުކުރައްވާފައިވަނީ، ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސްއިން ޖޮއިންޓް ވެންޗަރ ވިތު ފްލެކްސިން ޕްރައިވެޓް ލިމިޓެޑްއާއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާއި 6މަސް ދުވަހުން ނިންމާގޮތަށް، 85.7 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.