Advertisement

މާފުށި ކައިރިން ހިއްކި ބިން ---- ފައިލް ފޮޓޯ

15 Sep 2023
ޚަބަރު

މާފުށިން ގޯތި ލިބުނު މީހުންނަށް ގޯތި ލިބޭ ތަން ކަނޑައެޅުން ބުރާސްފަތި ދުވަހު

ކ.މާފުށިން ގޯތި ލިބޭ ފަރާތްތަކަށް، ގޯތި ލިބޭ ތަން ކަނޑައެޅުމަށް ބާއްވާ ގުރުއަތު ނެގުން އަންނަ ބުރާސްފަތިދުވަހު ބޭއްވުމަށް ނިންމަވައިފިއެވެ.

ކ.މާފުށިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް ވަނީ މިމަހުގެ 7 ވަނަ ދުވަހު ގެޒެޓްކޮށްފައެވެ. މި ލިސްޓުގައިވާ ގޮތުން 308 ގޯތި ދޫކުރާނެއެވެ.

މާފުށި ކައުންސިލުން ވިދާޅުވީ ދެން އޮންނާނީ ގޯތިތައް ލިބުނު މީހުންނަށް، ގޯތި ދޭ ތަން ކަނޑައެޅުންކަމަށެވެ. ކައުންސިލުން ވިދާޅުވީ ގުރުއަތުލުން އޮންނާނީ ބުރާސްފަތިދުވަހުގެ ހަވީރު 4:00 ގައި މާފުށީ ސްކޫލްގައި ކަމަށެވެ.

މާފުށި ކައުންސިލުން ވަނީ ގުރުއަތުގައި ބައިވެެރިވުމަށް ގޯތި ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުން ނުވަތަ ބަދަލުގައި އެހެން މީހަކު ފޮނުވަން އިލްތިމާސްކޮށްފައެވެ. އަދި ގޯތި ލިބުނު މީހާގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެމީހާގެ ފުރިހަމަ މަޢުލޫމާތާއި ގުޅޭނެ ނަމްބަރު ގުރުއަތުލުން ބޭއްވުމުގެ އެއްދުވަސް ކުރިން ކައުންސިލަށް އެންގުމަށް ވަނީ އެދިފައެވެ.

ކައުންސިލުން ވިދާޅުވީ ގުރުއަތުލުމުގައި ބައިވެރިނުވެވޭ މީހުން ތަމްސީލުކުރާނީ ގުރުއަތު ކޮމިޓީގެ ފަރާތުން ކަނޑައަޅާ އެކޮމިޓީގެ މެމްބަރެއްކަމަށެވެ. މާފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 308 ގޯއްޗަކީ 2000 އަކަފޫޓުގެ ގޯތިތަކެކެވެ.

މާފުށި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް މި ސަރުކާރުން ވަނީ އެ ރަށުގެ ފަޅުން 25 ހެކްޓަރުގެ ބިން ހިއްކާފައެވެ. މާފުއްޓަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށަކަށް ވުމުގެ ސަބަބުން ބިމުގެ މުހިންމުކަން އެރަށައް ވަނީ ބޮޑުވެފައެވެ.   

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.