މާފުށިން ގޯތި ލިބުނު މީހުންނަށް ގޯތި ލިބޭ ތަން ކަނޑައެޅުން ބުރާސްފަތި ދުވަހު
ކ.މާފުށިން ގޯތި ލިބޭ ފަރާތްތަކަށް، ގޯތި ލިބޭ ތަން ކަނޑައެޅުމަށް ބާއްވާ ގުރުއަތު ނެގުން އަންނަ ބުރާސްފަތިދުވަހު ބޭއްވުމަށް ނިންމަވައިފިއެވެ. ކ.މާފުށިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް ވަނީ މިމަހުގެ 7 ވަނަ ދުވަހު ގެޒެޓްކޮށްފައެވެ. މި ލިސްޓުގައިވާ ގޮތުން 308 ގޯތި ދޫކުރާނެއެވެ.