Advertisement

22 Sep 2023
ޚަބަރު

އިންޑިއާއިން 3 ބިލިއަން ރުފިޔާގެ ލޯނެއް ހޯދާކަށް ހުށައެއްނާޅާ: ފިނޭންސް މިނިސްޓަރ

އިންޑިއާއިން 3 ބިލިއަން ރުފިޔާގެ ލޯނެއް ހޯދަން ސަރުކާރުން ހުށަހަޅާފައިވާކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޮޑު ލޯނެއް ހޯދަން އިންޑިއާ ސަރުކާރުގައި އެދިފައިވާކަމަށާއި، އަދި އެކަމާއި ގުޅޭ ބައްދަލުވުންތައްވެސް ބާއްވާފައިވާކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ވަނީ ހަބަރު ފަތުރާފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރ އަމީރު ވިދާޅުވީ ދިވެހި ސަރުކާރުން 3 ބިލިއަން ރުފިޔާގެ ލޯނެއްް ނަގަން އިންޑިއާއަށް ހުށަހަޅާފައިވާކަމަށް ފަތުރަމުންދަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެފަދަ އެއްވެސް މަޝްވަރާއެއް، އެއްވެސް ފަރާތަކާއެކު ކުރިއަށް ނުގެންދާނެކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ކުރެއްވެވި ޓްވީޓް

ރާއްޖޭގެ އިޤްތިޞާދާއި މާލީ ކަންކަމާއި ގުޅޭގޮތުން ހަޤީޤަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް ސަރުކާރުން މީގެކުރިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މިފަދަ ހަޤީޤަތާއި ހިލާފު ވާހަކަތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ލިބެމުންދާ ކުރިއެެރުންތަކަށް އޭގެ ނުރަނގު އަސަރުކުރާނެކަން ތަޖުރިބާކާރުންވެސް ފާހަގަކުރައްވައެވެ. ކޯވިޑަށްފަހު މުޅި ދުނިޔޭންވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިސާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުންވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ. 

އިޤްތިޞާދީ ކުރިއެރުންތަކާއެކު ދައުލަތުގެ އާމްދަނީ އިތުރުވަމުންދާއިރު، ރާއްޖެއިން ދައްކަންޖެހޭ ލޯނުތައް މިހާރުވެސް ޤަވާއިދުން ދައްކަމުންދާކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސް އެއްވެސް ދައްޗެއް ނެތި ދެއްކޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުން ދެއްވައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.