Advertisement

އަދީބު މިރޭ މާލެ ވަޑައިގެންނެވުން -- ފޮޓޯ: އެމްވީކްރައިސިސް

23 Sep 2023
ޚަބަރު

އަދީބު ފިލީކަމަށް ބުނެ އިދިކޮޅުން އެރުވީ ފޮނު! އަދީބު މާލެ ވަޑައިގެންފި

ބޭސް ފަރުވާއަށް ފަހު، ކުރީގެ ނައިބު ރައީސް އަޙްމަދު ޢަދީބު މިރޭ މާލެ ވަޑައިގެންފިއެވެ.

އަދީބު މާލެވަޑައިގެންނެވިކަން، އެމަނިކުފާނާއި ގުޅުންހުރި މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމުގެ ހުއްދަ ދެއްވުމުން، އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ، މިއަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުގައެވެ. އަދި ތިން ފަހަރެއްގެ މަތީން އަދީބުގެ ބޭސްފަރުވާގެ މުއްދަތު ސަރުކާރުން އިތުރުކޮށްދިނެވެ. އެއާއެކު ޕީޕީއެމްގެ އިސްފަރާތްތަކުންނާއި، ރިޔާސީ އިންތިޚާބުގައި ޑރ. މުޢިއްޒަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އަދީބު ފިލީކަމަށާއި ދެން އެމަނިކުފާނު އަނބުރައި ރާއްޖެ ނުގެނެވޭނެކަަމަށް ބުނެ ވާހަކަތައް ފަތުރާފައެވެ. އެހެން ނަމަވެސް އަދީބު ވަނީ، ބޭސްފަރުވާގެ ފުރަތަމަ މަރުޙަލާތައް ފުރިހަމަކުރެއްވުމަށްފަހުގައި، އަދި ސަރުކާރުން އިތުރުކޮށްދެއްވި މުއްދަތުގެވެސް ބާކީ އެއްމަހާއި 7 ދުވަސް އޮއްވައި މިރޭ ރާއްޖެ ވަޑައިގެންފައެވެ.

އަދީބަކީ، ރައީސް ޔާމީނުގެ ސަރުކާރަށާއި، ޕީޕީއެމްއަށް އެންމެ ގިނަ ޚިދުމަތްތައް ކޮށްދެއްވި ފަރާތަށް ވާއިރު، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު، ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާއި ގުޅުވައިގެން އަދީބު ހައްޔަރުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ވަކިކޮށް، ބަންދުކޮށް ޖަލަށްލީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އަދީބު ހައްޔަރުކުރެއްވީ، ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެން އެނބުރި މާލެ ވަޑައިގެންނެވިތަނުން އެއާޕޯޓުންނެވެ. އަދީބު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޗައިނާއަށް ވަޑައިގެންނެވުމަށްފަހު، އެނބުރި ރާއްޖެވަޑައިގެންނެވީވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ، ދޮގު އިލްޒާމްތަކެއްކަމުގެ ޔަޤީންކަން އަމިއްލަ ނަފުސަށްވެސް އޮތުމުންނެވެ. 

ރައީސް ޔާމީނުވެސް އަދި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގައި ތިބި އިސްބޭފުޅުންވެސް، އަދީބުދެކެ ޖެހިލުންވެއެވެ. އެހެންވެ އަދީބު ޖަލުގައި ހުންނެވުމަކީ އެބޭފުޅުން އަބަދު އެދިތިބިކަމެކެވެ. އަދި އަދީބު ފިލުމަށް ސަރުކާރުން ފުރުޞަތުދިނީ ކަމަށް ބުނެ ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ބިރުވެރިކަން ފެތުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ މަސައްކަތްކޮށްފައެވެ. 

2015 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުން އަދީބު ޖަލުގައި ބަންދުކުުރުމަށްފަހު، ޖަލުގައި ބަހައްޓާފައިހުރީ މުޅިން އެކަހެރިކޮށްފައެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުން، ސިޔާސީ ބޭނުމަށް ޖަލަށްލި، ރައީސް ނަޝީދަށާއި، ޤާސިމް އިބްރާހީމަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުޞަތު ދިން ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުގެ އެންމެ ފަހު ދުވަހާއި ހަމައަށްވެސް އަދީބު ޖަލުގައި ބަހައްޓާފައި ހުރީ، އެކަހެރިކޮށް އަދި ބޭސްފަރުވާގެ ފުރުޞަތުވެސް ނުދީއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ ރައީސް ޔާމީންވެސް ޖަލުގައި ބަންދުކޮށްފައިވާއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަަލައެއްގައި އަދީބުވެސް ގެންދަވަނީ ހުކުމްތަންފީޒް ކުރައްވަމުންނެވެ. އަދީބުގެ ޞިއްޙީ މައްސަލަތަކާއި ގުޅިގެން އަދީބު ހުރީ ގޭބަންދަށް ބަދަލުކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.