Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

22 Sep 2023
ދީން

ރިޝްވަތު ދޭ މީހާ އާއި، ރިޝްވަތު އުފުލާ މީހާ އާއި، ރިޝްވަތުގައި ހިފާ މީހާ އަށް މާތް ﷲ ވަނީ ލަޢުނަތް ލައްވާފައި - ޚުޠުބާ

މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުނދަގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފިއެވެ. މިއީ ވަރަށް ސިއްރުން ކުރެވޭ އަދި މިހާރު މުޅި މުޖުތަމަޢުއަށް ޢާއްމުވެފައިވާ ކަމެއް ކަމަށާއި، ކޮންމެވެސް ގޮތަކުން ކޮންމެވެސް މިންވަރެއްގެ ރިޝްވަތަކާ ނުލައި އެއްވެސް ކަމެއް މިހާރު ނުކުރެވޭ ހިސާބަށް ގޮސްފައިވާކަމަށް ޚުޠުބާގައި ވެއެވެ.

ޢަދުލު އިންޞާފު ޤާއިމް ކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ ޢަމަލުތައް އިތުރު ވެފައިވާއިރު، މިފަދަ ކަންކަމަކީ ޤައުމާއި މުޖުތަމަޢު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވާ ކަމެއްކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅި، އަހަރެމެންގެ މި ކުޑަކުޑަ ރާއްޖެ ވެސް މި ނުރައްކާތެރި ވަބާގައި ޖެހިފައިވާކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ރިޝްވަތަކީ ތިމާއަށް ޙައްޤު ނޫން ކަމެއް ނުވަތަ ޙައްޤު ނޫން އެއްޗެއް ނުވަތަ ޙައްޤު ނޫން މަންފާއެއް ލިބިގަތުމަށް، ނުވަތަ ތިމާ ކަމަކުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެ ނޫންވެސް އެއްޗެއް، މީހަކަށް ނުވަތަ ބަޔަކަށް ހޯދައި ދިނުމެވެ. އެގޮތުން ރިޝްވަތު ދޭ މީހާ އާއި، ރިޝްވަތު އުފުލާ މީހާ އެބަހީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހާ އާއި، ރިޝްވަތުގައި ހިފާ މީހާ އަށް މާތް ﷲ ވަނީ ލަޢުނަތް ލައްވާފައިކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ރިޝްވަތަށް މަގުފަހިވާ ވަރަށް ގިނަ ސަބަބުތައް ޢިލްމުވެރިން ބަޔާންކުރައްވާފައި ވާކަމަށާއި، އޭގެތެރޭގައި އީމާންކަން ނެތުމާއި ރިޒުޤު ދެއްވަނީ މާތް ﷲ ކަން ޤަބޫލުނުކުރެވުން ހިމެނޭކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ތިމާއަށް ލިބޭ މިންވަރަށް ޝުކުރުވެރި ނުވުމާއި، ތިމާއަށްވުރެ ތަނަވަސް މީހުން އުޅޭ ގޮތަށް އުޅޭ ހިތްވެ، މިންވަރަށް އީމާންނުވެވި، މާ އަވަހަށް މުއްސަނދިވާން ބޭނުންވުން ވެސް މިކަންކަމުގެ ތެރޭގައި ހިމެނެއެވެ. މީހަކަށް ލިބޭ އާމްދަނީ މަދުވުމަކީ، އެ މީހަކު ރިޝްވަތު ހިފުމަށް، ނުވަތަ ދީނުގައި ޙަރާމް ކުރައްވާފައިވާ އެނޫންވެސް ކަންތަކަށް އަރައިގަތުމަށް، މަޖުބޫރުކުރުވާ ކަމެއް ނޫންކަމަށާއި މާތް ﷲ ގެ މިންވަރަށް އީމާންވެ، އެމީހެއްގެ ޢަމަލުތައް އިސްލާހުކޮށް އިއްޒަތުއް ނަފްސު ރައްކާތެރި ކުރުމާއެކު، އެމީހެއްގެ ރިޒުޤު ތަނަވަސް ކޮށްދެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވުމަށް ޚުޠުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.